ގއ. ވިލިނގިލީގައި ބަޔަކު ސައިކަލް ދުއްވަނީ

ހަބަރު

ފައިސާ ބެލެހެއްޓޭނެ އިންތިޒާމެއް ހަމަނުޖެހި، ވެހިކަލްފީ ބަލައިގަތުން ރަށު އޮފީސްތަކަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 28 ޑިސެންބަރު 2022 , ބުދަ 10:41   203

ރާއްޖޭގެ ރަށްތަކުގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ ފީނެގުމުގައި ޢަމަލުކުރާ އުސޫލަށް ފިނޭންސް މިނިސްޓްރީއިން ބަދަލުތަކެއް ގެނެސްފިއެވެ.

މިގޮތުން ފިނޭންސް މިނިސްޓްރީއިން ވަނީ ސާކިއުލާއެއް ނެރުއްވާ، އަންނަ ޖެނުއަރީ މަހުގެ 1 އިން ފެށިގެން ހިކަލްތަކުގެ އަހަރީ ފީ އާއި ޖޫރިމަނާ ފީ ބަލައިގަންނާނީ އެ ވެހިކަލެއް ނިސްބަތްވާ ރަށެއްގެ ކައުންސިލަކުން ކަމަށް މޯލްޑިވްސް އިންލެންޑް އޮތޯރިޓީ (މީރާ) އަށް އަންގަވާފައެވެ.

އަދި މީރާއިން މިހާރު ވަނީ މިކަމާއި ގުޅިގެން އިޢްލާނެއް ވެސް ނެރުއްވާފައެވެ. އެއިޢްލާނުގައިވާގޮތުން، ޖެނުއަރީ މަހުން ފެށިގެން ދެން މިރާއިން އެއްގަމު އުޅަނދުތަކާއިގުޅޭ ފީތައް ބަލައިގަތުން ހުއްޓާލާނެއެވެ. އަދި އޭގެ ފަހުން ފީތައް ބަލައިގަންނާނީ ރަށްރަށުގެ ރަށު އޮފީސްތަކުންކަމަށް ވެސް ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީއިން މީގެ ކުރިން ދިޔައީ، މީރާގެ "ވާރު ޕޭ" މެދުވެރިކޮށް ފައިސާ ބަލައިގަންނަމުންނެވެ. ވާރު ޕޭ އާއި މީރާގެ ފައިސާ ބަލައިގަތުމުގެ ނިޒާމަކީ، ރާއްޖޭގައި ހުރި މިފަދަ އެންމެ އަގުބޮޑު، އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށްފައިވާ، ޔަޤީންކަން ބޮޑު ނިޒާމެކެވެ. އަދި ސަރުކާރުން މީގެކުރިން ގެންގުޅުއްވި އުސޫލަކީ، ފައިސާ އޮންލައިންކޮށް އެއްތަނަކަށް ޖަމާކުރުމަށް ފިސްކަލް ފޯމިއުލާތަކެއްގެ ތެރެއިން އާބާދީ އާއި ޢާމްދަނީގެ ނިސްބަތުން ގްރާންޓް ދިނުމަށެވެ.

ނަމަވެސް މިބަދަލާއިއެކު އަނެއްކާވެސް، ލޮގްފޮތްތަކަށް ދާން ރަށްރަށުގެ ކައުންސިލްތަކަށް މަޖުބޫރުވީއެވެ. މިހާރުވެސް ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި ވެސް ގޯތި ރެޖިސްޓްރީވެސް ގެންގުޅެނީ ލޮގްފޮތުގައި ލިޔެގެންނެވެ.

ސަރުކާރުން މިފަދަ ބަދަލެއް ގެންނެވިއިރު، ރަށްރަށުގެ ކައުންސިލްތަކަށް ބޭނުންވާ ވަޞީލަތްތަކާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިނުވާކަމަށް ބައެއް ކައުންސިލްތަކުން ދަނީ ބުނަމުންނެވެ.

ޓެގްސް: ޓެކްސް މީރާ ލޯކައުންސިލްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.