ޕްރައިމަރީ އާއި ގުޅިގެން ބޭއްވުނު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން

ހަބަރު

އެމްޑީޕީ އިން ވޯޓާސް ލިސްޓު ޢާއްމުކޮށްފި، ލިސްޓުގައި 57،000 މެމްބަރުން

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 29 ޑިސެންބަރު 2022 , ބުރާސްފަތި 10:28   291

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވާ ކެންޑިޑޭޓްއާއި މެދު ގޮތެއް ކަނޑައެޅުމަށްޓަކައި،ޖެނުއަރީ މަހުގެ 28 ވަނަދުވަހު ބޭއްވޭ ޕާޓީ ޕްރައިމަރީގައި ވޯޓުލުުގެ ޝަރުތުހަމަވާ މީހުންގެ ލިސްޓް އެޕާޓީން ޢާއްމުކޮށްފިއެވެ.

މިލިސްޓް ޢާއްމުކޮށްފައިވާއިރު، ލިސްޓުގައި ޖުމްލަ 57714 މީހަކު ހިމެނިފައިވެއެވެ. މިއާއިއެކު، މިއީ ފަހުގެ ތާރީޚެއްގައި އެމްޑީޕީގެ ވޯޓާސްލިސްޓް އެންމެ ކުޑަފަހަރަށް ވެގެންދާނެއެވެ.

އެމްޑީޕީގައި ރައީސް ނަޝީދު އާއި ރައީސް ސޯލިހް، ދެބޭފުޅުންގެ ދެމެދުގައި ޚިޔާލު ތަފާތުވުންތައް ގިނަވެ، ޕާޓީތެރޭގައި ވަނީ ދެ ފިކުރާއިއެކު ދެ ފެކްޝަނެއް ހެދިފައެވެ. އަދި ޕާޓީގެ ޙާޔާތުގައި ބޭއްވޭ އެންމެ ވާދަވެރި އެތެރޭގެ އިންތިޚާބަށް ކުރިއަށް މިއޮތް އިންތިޚާބު ވެގެން ގޮސްފައެވެ.

ދެފެކްޝަން ދޭތެރޭގައި އުފެދިފައިވާ ނުތަނަވަސް ކަމާއިއެކު، ރައީސް ސޯލިޙް ވަނީ ޕާޓީގެ މައި ގުނަންތަކުގެ ކޮންޓްރޯލް ނަންގަވައި ޤައުމީ މަޖިލީހުގެ ބޮޑުބައި ނަންގަވާފައެވެ.

ދާދި ފަހުން، އިންތިޚާބުގެ މަސައްކަތަށް ނަގާ ކޮމިޓީ ނެގުމަށްޓަކައި ބޭއްވުނު ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވެސް ގިނަ އަރާރުންތަކެއް ދެފެކްޝަން މެދުގައި ހިނގިއެވެ. ނަމަވެސް، ގޮތް ނިންމުނީ ރައީސް ސޯލިޙް ބޭނުންފުޅުވިގޮތަށެވެ.

އަދި ރައީސް ނަޝީދު ގެންދަވަނީ، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢިލް ޕާޓީގެ ދަފްތަރުން އެމަނިކުފާނަށް ތާޢީދުކުރައްވާ ގިނަފަރާތްތަކެއްގެ ނަން އުނިކޮށްފައިވާކަމުގެ ތުހުމަތު ވެސް ކުރައްވަމުންނެވެ.

ޕާޓީން މިހާރު ޢާއްމުކޮށްފައިވާ ލިސްޓަށް، ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ކުރިން ޝަކުވާ ހުށަހަޅަންޖެހޭކަމަށް، އެމްޑީޕީ އިން ވޯޓާސް ލިސްޓާއިއެކު ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ޓެގްސް: އެމްޑީޕީ އެމްޑީޕީ އެތެރޭގެ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.