މިއާންޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހިންގާ މައިކޮލެޖް، މިއާންޒް އިންޓަނޭޝަނަލް ސްކޫލް، އަދި މިއާންޒް ސްކޫލް އޮފް އެގްރިކަލްޗަރގެ ފަރާތުން ، ތަޢްލީމަށް ހުރި ފުރުޞަތުތަކާއި ގުޅިގެން މަޢްލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ޚާއްޞަ އޯޕެންޑޭއި ޙަރަކާތްތަކެއް އައްޑޫގެ ތިން ސަރަޙައްދެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ބުނެފިއެވެ.
އެކްސްޕްރެސް ނިއުސް އާއި ވާހަކަ ދައްކަވަމުން މިއާންޒް އިންޓަނޭޝަނަލް ކޮލެޖް އައްޑޫ ކެމްޕަހުގެ މާކެޓިން މެނޭޖަރ ފާތިމަތު ރިމާޝާ ވިދާޅުވީ، އައްޑޫގައި ބޭއްވޭ މިޙަރަކާތްތަކުގެތެރެއިން، އައްޑޫގައި ހިންގަމުންގެންދާ އެކޮލެޖްގެ ކެމްޕަހާއި، އަދި އެކުންފުނީގެ ފަރާތުން އައްޑޫގައި ހިންގަވާ އިންޓަނޭޝަނަލް ސްކޫލަށް ކުދިން ވެއްދުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންކަމުގެ އެންމެ ފުރިހަމަ މަޢްލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ޕްރޮމޯޝަނަލް ޚާއްޞައަގުތަކެއް ބައިވެރިންނަށް ލިބިގެންދާނެކަމަށެވެ.
މިއަދު ހަވީރު [ބުރާސްފަތި ދުވަހު] އަޅުގަނޑުމެން ޙަރަކާތް ފަށާނީ ފޭދޫ ސަންރައިސް ބީޗް ސަރަޙައްދުން. ދެން އޯޕެންޑޭއި އިވެންޓްގެ ތެރެއިން އޮންދަ-ސްޕޮޓް [ވަގުތުން] ސްކޫލް ނުވަތަ ކޮލެޖަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް ޖާގަ ދެވިގެންދާނެ. އަދި މިޙަރަކާތްތައް ވެގެންދާނެ ކުޑަކުދިންނަށް ޢާއިލާ އާއިއެކު އުފާކޮށްލާނެ ވަގުތުކޮޅަކަށް ވެސް. އޮންނާނެ ގޭމްކުޅުމާއި މަޖާކުރުން. އެކުދިންނަށް ރިފްރެޝްމެންޓް ވެސް އަޅުގަނޑުމެން ފޯރުކޮށްދޭނަން.
~ ފާތިމަތު ރިމާޝާ، މާކެޓިން މެނޖާރ/ މައިކޮލެޖް އައްޑޫ ކެމްޕަސް
އޯޕެންޑޭ ޝެޑިއުލް ރޭވިފައިވާގޮތް :
- 29 ޑިސެމްބަރު : ފޭދޫ/ ސަންރައިސް ބީޗްގައި
- 30 ޑިސެމްބަރު : މަރަދޫ/ ޕާކް ސަރަޙައްދުގައި
- 31 ޑިސެމްބަރު : ހިތަދޫ/ ސިޓީ ސްކުއާރގައި

މިއާންޒް އިންޓަނޭޝަނަލް ސްކޫލް އައްޑޫ އާއި މިއާންޒް އިންޓަނޭޝަނަލް ކޮލެޖް އައްޑޫ ކެމްޕަހުގައި، ގިނަ ޢަދަދެއްގެ ދަރިވަރުންތަކެއް ޙާޞިލްކުރަމުންދެއެވެ.
މިއާންޒް ސްކޫލްގައި ބޭބީ ނާސަރީ އިން ފެށިގެން ގްރޭޑް ހަތަރަކާއި ހަމައަށް ކިޔަވައިދޭއިރު، ކުރިއަށް އޮތް އަހަރު ގްރޭޑް ފަހެއް ވެސް އުފެއްދުމަށް އެސްކޫލުން ދަނީ މަސައްކަތްކުރައްވަމުންނެވެ. އަދި މިއާންޒް ކޮލެޖްގައި ސެޓްފިކެޓް ލެވެލް އަދި ޑިގްރީ އާއި މާސްޓާސް ލެވެލްގެ ގިނަ ޕްރޮގްރާމްތަކެއް ހިންގަވަމުން ގެންދަވާކަމަށް މިއާންޒް އިންޓަނޭޝަނަލް އިން މަޢްލޫމާތު ދެއްވައެވެ.