"މޯލްޑިވްސް ވައު ފެސްޓީވަލް" ގައި ބައިވެރިވުމަށް ޕޯނީ ޕާންޑޭ ރާއްޖޭގައި. ޔޫތް މިނިސްޓްރީއިން ބުނެފައިވަނީ 79 ރަށެއްގައި ހަވާއަރުވާނެކަމަށް

ހަބަރު

އާއަހަރު ފެށުން ކުލަގަލަގޮތެއްގައި ފާހަގަކުރަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 31 ޑިސެންބަރު 2022 , ހޮނިހިރު 14:06   151

މިފެށޭ މީލާދީ އާއަހަރު ފާހަގަކުރުން ކުލަގަދަގޮތެއްގައި ރާއްޖޭގެ ގިނަ ކަންކޮޅުތަކުގައި ބާއްވާނެކަމަށް ސަރުކާރުން ބުނެފިއެވެ.

މިގޮތުން، ޔޫތް މިނިސްޓްރީގެ ފަރާތުން އިންތިޒާމުކުރާ ބޮޑު ޝޯއެއް މާލޭގައި އޮންނާނެއެވެ. މިޝޯ އޮންނާނީ ހޮނިހިރު ދުވަހުގެރޭ 20.30 ފެށިގެން، ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ.

މިޝޯގައި ބޭރުގެ ފަންނާނުން ވެސް ބައިވެރިވާނެކަމަށް މަޢްލޫމާތު ލިބެއެވެ. މިގޮތުން ހުކުރު ދުވަހު، ޕޯނީ ޕާންޑޭ (30އ) ވަނީ ރާއްޖެ އައިސްފައެވެ. އިންޑިއަން އައިޑަލް އިން މަޤްބޫލްކަންހޯދި ޕާންޑޭ، ފޭސްބުކްގައި އޭނާ ފޮލޯކުރާ ތިން ލައްކަ އަށްވުރެ ގިނަ މީހުން ތިބެއެވެ.

ޕާންޑޭގެ އިތުރުން ގިނަ ދިވެހި ފަންނާނުންވެސް މިޝޯގައި ބައިވެރިވާނެއެވެ. ދިވެހި ފަންނާނުގެ ތެރޭގައި ހަބޭސް، ފިއުޝަން، އަދި ލެވިޓޭޝަން ހިމެނޭ ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

މީގެ އިތުރުން ވެސް ސިފައިންގެ ކުންފުނި (ސިފްކޯ) އިން ރާއްޖޭގެ 79 ރަށެއްގައި ހަވާ އަރުވާނެކަމަށް ބުނެފައިވެއެވެ. ނަމަވެސް މީގެ ތެރެއިން ގިނައީ ރިސޯޓްތަކުގައި ހިންގާ ޙަރަކާތްތަކެވެ. ހަވާއެރުވުން އޮންނާނީ މީހުން ދިރިއުޅޭ އެންމެ 5 ރަށުގައެވެ.

ޢާއްމުގޮތެއްގައި 5 މިނެޓް ވަންދެން ހަވާ އަރުވާނެއެވެ. ނަމަވެސް ފޯސީސަންސް ރިސޯޓުގައި 10 މިނެޓަށް ހަވާ އަރުވާނެއެވެ.

ޓެގްސް: ރާއްޖޭގައި ބޭއްވޭ އިވެންޓުތައް ޚާއްޞަކޮށް ފާހަގަކުރާ ދުވަސްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.