އަލް ނަސްރު ފުޓްބޯޅަ ކްލަބަކީ ރިޔާދްގައި ހުންނަ ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ކްލަބެއް

ކުޅިވަރު

2025 ވަނަ އަހަރާއި ހަމައަށް ރޮނާޑޯ ސައުދީގެ އަލް ނަސްރާއި ގުޅެން ނިންމައިފި

ރާނިއާ - މެދުއިރުމަތި | 31 ޑިސެންބަރު 2022 , ހޮނިހިރު 14:12   217

ޕޯޗުގަލް ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާޑޯ ސައުދީ އަރަބިއްޔާގެ ކްލަބް އަލް ނަސްރާއި ގުޅުނީ ގާތްގަނޑަކަށް 2 އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ކަމަށް އެ ކްލަބުން ވަނީ ހުކުރު ދުވަހު އިއުލާންކޮށްފައެވެ.

ރޮނާޑޯ މިދިޔަ މަހު އޯލްޑް ޓްރެފޯޑުން ވަކިވެފައިވަނީ ހިޔާލު ތަފާތުވުން ބޮޑު އިންޓަވިއުއެއްގައި އުމުރުން 37 އަހަރުގެ ފޯވާޑް ކްލަބުން ޚިޔާނާތްތެރިވެފައިވާ ކަމަށް އިހުސާސް ކުރެވޭ ކަމަށާއި ޑަޗް ކޯޗު އެރިކް ޓެން ހެގް އަށް އިހުތިރާމް ނުކުރާ ކަމަށް ބުނުމަށް ފަހުއެވެ.

އަލް ނަސްރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަސް ފަހަރު ބެލޮންޑިއޯ ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔާ 2025 ވަނަ އަހަރުގެ ނިޔަލަށް ޑީލެއްގައި ބައިވެރިވާނެ ކަމަށާއި ނަމަވެސް މާލީ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. މިގޮތުން ރޮނާޑޯގެ ކޮންޓްރެކްޓްގެ އަގު 200 މިލިއަން ޔޫރޯއަށް ވުރެ ބޮޑުވާނެ ކަމަށް މީޑިއާއިން ވަނީ ލަފާކޮށްފައެވެ.

ރޮނާޑޯ ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާނީ ކްލަބުގެ ޝަރަފުތަކުގެ ބޮޑު ޖަމާއަތަކާއެކުއެވެ. 2009 ވަނަ އަހަރުން ފެށިގެން 2018 އާއި ހަމައަށް ސްޕެއިންގެ ރިއަލް މެޑްރިޑުގައި ކުޅުނު ދުވަސްވަރު ލަލީގާގެ ދެ ތަށި، ދެ ސްޕެނިޝް ކަޕް، ހަތަރު ޗެމްޕިއަންސް ލީގު އަދި ތިން ކްލަބް ވޯލްޑް ކަޕް ރޮނާޑޯ ވަނީ ހޯދާފައެވެ.

އޭނާ ރިއަލްއަށް 451 ފަހަރު ކްލަބް ރެކޯޑު ހޯދައި ދިން އިރު، ކްލަބާއި ގައުމަށް ޖުމްލަ 800 އަށް ވުރެ ގިނަ ސީނިއާ ގޯލުވެސް ރޮނާޑޯ ވަނީ ޖަހައިދީފައެވެ.

ޔުވެންޓަސްގައި ކުޅުނު ތިން އަހަރު ތެރޭގައި ސީރީ އޭގެ ދެ ތަށި އަދި ކޮޕާ އިޓަލިއާ ތަށި ހޯދައިދިނުމުގެ ކުރިން ރޮނާޑޯ ވަނީ ޕްރިމިއާ ލީގުގެ ތިން ތަށި، އެފްއޭ ކަޕާއި ދެ ލީގު ކަޕާއި ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް ހޯދި ޔުނައިޓެޑާ އަލުން ގުޅިފަ އެވެ.

ގަތަރުގައި ޕޯޗުގަލް އަށް ކުޅުނު އިރު، ގްރޫޕް އެޗުގައި ގާނާއާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ޕެނަލްޓީއެއް ޖަހައިގެން ފަސް ވޯލްޑް ކަޕްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ މަގާމުވެސް ރޮނާޑޯ ވަނީ ހޯދާފައެވެ.

ރޮނާޑޯ ބުނީ އުމުރުން 40 އަހަރުގައި ރިޓަޔާ ކުރަން ރާވާފައިވާތީ ގަތަރަކީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕަކަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ސައުދީ ޕްރޯ ޕްރިމިއާ ލީގުގެ ނުވަ ޗެމްޕިއަންކަން ހޯދާފައިވާ ސައުދީ އަރަބިއްޔާގެ ކްލަބުން އުއްމީދު ކުރަނީ ރޮނާޑޯ އިތުރު ޑޮމެސްޓިކް ލީގު ޗެމްޕިއަންޝިޕެއް ހޯދާއި ދޭން އެހީތެރިވެދޭނެ ކަމަށާއި، އޭއެފްސީ އޭޝިއަން ޗެމްޕިއަންސް ލީގުގެ ފުރަތަމަ ޗެމްޕިއަންކަން ހޯދައިދިނުމަށް ވެސް ރޮނާޑޯގެ އެހީ ލިބޭނެ ކަމަށެވެ.\

ނަމަވެސް އޭޕްރީލް މަހު އެވާޓަން އަތުން ޔުނައިޓެޑުން ބަލިވުމުން ސަޕޯޓަރެއްގެ އަތުން ފޯނެއް ވައްޓާލި މައްސަލައާއި ގުޅިގެން ޕޯޗުގަލް ފޯވާޑް ޑޮމެސްޓިކް ފުރަތަމަ ދެ މެޗުނެ ފެނިގެން ނުދާނެއެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.