ރަޝިއާގެ ގައުމީ ފުޓުބޯޅަ ޓީމް

ކުޅިވަރު

ރަޝިއާ އިން އެދުނުގޮތާއި ޚިލާފަށް ޔުއެފާގެ ސަސްޕެންޝަން ދަމަހައްޓައިފި

އަލީ އަޒްޔަން - ޔޫރަޕް | 16 މާރޗް 2022 , ބުދަ 00:41   158

ރަޝިއާއިން ޔޫކްރޭނާއި ދެކޮޅަށް ކުރާ ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ ބޮޑެތި ބާރުތަކުން ދަނީ ގިނަ ދަތި ތަކާއި ފިއްތުންތައް ރަޝިއާއަށް ކުރިމަތި ކުރުވަމުންނެވެ.

ކުޅިވަރުގެ ބޮޑެތި ނަންތައް ކަމުގައިވާ ފީފާ، ޔުއެފާ، އަދި ވޯލްޑް އޮލިމްޕިކް ކޮމިޓީ ފަދަ ގިނަ އިދާރާތަކުން ވަނީ ދުނިޔޭގެ ކުޅިވަރު ދަނޑުތަކުން ރަޝިޔާ އެކަހެރިކޮށް ފައެވެ.

ރަޝީއާ އިން ވަނީ ދާދި ފަހުން ޔޫއެފާގެ ސަސްޕެންޝަން މަޑު ޖައްސާދިނުމަށް އެދި ދުނިޔޭގެ ކުޅިވަރާއި ބެހޭ ކޯޓް (ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް) އަށް ހުށަހަޅާފައެވެ. އަންގާރަ ދުވަހު އެކޯޓުން ނިންމާފައިވަނީ ޔޫއެފާގެ ނިންމުން ދަމަހައްޓައި ޔޫރަޕްގެ ފުޓުބޯޅައިން އެކަހެރިކޮށް ރަޝިއާ ބޭއްވުމަށެވެ.

ހަމަ މިފަދަ އެހެން މައްސަލައެއްގައި، ފީފާ އާއި ދެކޮޅަށް ރަޝިއާއިން ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިންމުން މި ހިނގަމުންދާ ހަފްތާ ނިމުމުގެ ކުރިން އޮންނާނެއެވެ. ވޯލްކަޕް ކޮލިފައިންގައި ރަޝިޔާ ޕޮލެންޑާއި ދެކޮޅަށް ކުޅުން މީގެ ކުރިން ތާވަލުގައި ހިމަނާފައި ވަނީ މާޗް މަހުގެ 24 ވަނަ ދުވަހު ކުޅުމަށެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.