މާލޭގެ މަގުމަތި

ހަބަރު

ވެހިކަލްފީތައް ޓްރާންސްޕޯޓް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ބަލައިގަންނަން ފަށައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 2 ޖެނުއަރީ 2023 , ހޯމަ 08:53   289

މީގެކުރިން، މީރާ އިން ބަލައިގަންނަމުން އައި ވެލްކަލްފީތަކާއި ޖޫރިމަނާ ފީތައް ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބަލައިގަންނާނީ ޓްރާންޕޯޓް މިނިސްޓްރީއިން ތައްޔާރުކޮށްފައިވާ "ސަވާރީ ޕޭ" ޕޯޓަލް މެދުވެރިކޮށްކަމަށް އެމިނިސްޓްރީއިން ބުނެފިއެވެ.

ލާމަރުކަޒީ ނިޒާމަށް ޖާގަ ދިނުމުގެގޮތުންނާއި ކައުންސިލްތަކަށް ޢާމްދަނީ އިތުރުކޮށްދިނުމުގެ ގޮތުން، އެރަށަކަށް ނިސްބަތްވާ އެއްގަމު އުޅަނދާއިގުޅޭ ފީތައް އެރަށެއްގެ ރަށު ކައުންސިލްތަކަށް ޖަމާކޮށްދެވޭނެ އިންތިޒާމު ހަމަޖައްސަވައި އެކަން ފިނޭން މިނިސްޓްރީ މެދުވެރިކޮށް ސަރުކާރުން އިޢްލާންކުރެއްވީ ނިމިދިޔަ ޑިސެމްބަރު މަސްތެރޭގައެވެ.

މިބަދަލާއި އެކު މީރާއިން ވަނި މިފަދަ ހުރިހާ ފީތަކެއް ބަލައިގަތުން ހުއްޓާލާފައެވެ.

ޓެގްސް: ދަތުރުފަތުރު ލޯކައުންސިލްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.