މޯލްޑިވިއަނުން އަލަށް ގެންނަ ބޯޓު

ހަބަރު

މޯލްޑިވިއަނަށް އަލަށް ގެންނަ ދެބޯޓު ބުދަދުވަހު ރާއްޖެއަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 4 ޖެނުއަރީ 2023 , ބުދަ 09:29   300

ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ރާއްޖެ ގެންނަ އޭޓީއާރު މަރުކާގެ ދެ ބޯޓު ބުދަ ދުވަހު މާލެ އަންނާނެކަމަށް އެކުންފުނިން ބުނެފިއެވެ.

މިދެބޯޓު ވެސް ވަނީ މިހާރު ފަރަންސޭސިވިލާތުން ފުރައިގެން ރާއްޖެ އައުމުގެ މަގުމަތީގައެވެ. މިކަން ފާހަގަކުރުމަށްޓަކައި ބޭއްވޭ ޙާއްޞަ ޙަރަކާތްތަކެއް ވެސް އެއަރޕޯޓުގައި ބޭއްވުމަށް އެއަރލައިނުން ވަނީ ނިންމާފައެވެ.

އޭޓީއާރ 72-600 މަރުކާގެ މިބޯޓުތަކުގައި 74 މީހުންގެ ޖާގަ ހުންނާނެއެވެ.

އެކުންފުނިން މަޢްލޫމާތު ދެއްވިގޮތުގައި މިދެބޯޓު ވެސް ބޭނުންކުރާނީ ތެރޭގެ އުދުހުންތަކަށެވެ. މިބޯޓުތައް ގެނައުމުގެ މަސައްކަތް މޯލްޑިވިއަނުން ފަށާފައިވަނީ ނިމިދިޔަ އަހަރު ތެރޭގައެވެ.

މޯލްޑިވިއަންގައި ޖުމްލަ 23 ބޯޓެއް މިހާރުއޮތްއިރު 11 ސީ ޕްލޭން ހިމެނެއެވެ. އަދި 2 އެއާބަސް އާއި އެތެރޭގެ އުދުންތަކުގައި ބޭނުންކުރާ އިތުރު 10 ބޯޓު އޮވެއެވެ.

ޓެގްސް: މޯލްޑިވިއަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.