ބްރެޒިލްގެ ކުޅުންތެރިޔާ ކަސެމީރޯ އޯލްޑްޓްރެފަޑްގައި ކުޅެނީ

ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑް، ކަސެމީރޯ އޭނާގެ ފުރަތަ ގޯލް އޯލްޑްޓްރެފަޑުގައި

އަލީ އަޒްޔަން - ދުނިޔެ | 4 ޖެނުއަރީ 2023 , ބުދަ 09:48   342

މެންޗެސްޓާރ ޔުނައިޓެޑުން ފޯމު ރަނގަޅުކޮށް އަނެއްކާވެސް އިތުރު މޮޅެއް ހޯދައިފިއެވެ. ބޯންމައުތާއި ދެކޮޅަށް ކުޅުނު މެޗު މޮޅުވީ 3-0 ގެ ނަތީޖާއިންނެވެ.

މިނަތީޖާއާއި އެކު އެޓީމުން ވަނީ 35 ޕޮއިންޓާއިއެކު ލީގުގެ ހަތަރުވަނަ ދަމަހައްޓާފައެވެ. މިވަގުތު 44 ޕޮއިންޓާއިއެކު ލީގުގެ އެންމެ ކުރީގައި އޮތީ އާސެނެލް އެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅު ކުޅުމެއް ދެއްކީ ޔުނައިޓެޑް އިންނެވެ. މެޗުގައި ބްރެޒިލްގެ ޤައުމީ ޓީމުގެ ކުޅުންތެރިޔާ ވަނީ އޭނާ ފުރަތަމަ އޯލްޑް ޓްރެފަޑް ގޯލު ވެސް ޖަހާފައެވެ. ކަސެމީރޯ އަކީ ކޯޗް ޓެން ހެގް އަށް މިވަގުތު ހުރި އެންމެ ވަރުގަދަ ކުޅުންތެރިޔާއެވެ.

"މި ގޭމް އަކީ އަހަރެމެންގެ އެންމެ ވަރުގަދަ ގޭމެއް ނޫން، އެކަމަކު ހިތްހަމަ ޖެހޭ ނަތީޖާ އާއި ދޭތެރޭ" ޓެން ހެގް ބުނެފައިވެއެވެ.

ޓެގްސް: މެންޗެސްޓަރ ޔުނައިޓެޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.