އަންގާރަ ދުވަހުގެރޭ، މޭޔަރ މުއިއްޒު ފުލުހުންގެ ބެލުމުގެދަށަށް ގެންދެވެނީ

ހަބަރު

މާލޭގެ މޭޔަރ، މުޢިއްޒު މުޒާހިރާގައި ހައްޔަރުކުރުމަށްފަހު ދޫކޮށްލައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 4 ޖެނުއަރީ 2023 , ބުދަ 10:00   138

މާލޭ ސިޓީގެ މޭޔާރ މުޙައްމަދު މުޢިއްޒު އިދިކޮޅު ޕީޕީއެމް އިން ބާއްވަމުންގެންދާ ސިލްސިލާ މުޒާހިރާތަކުގެ ތެރެއިން އަންގާރަދުވަހުގެ ރޭ އޮތް މުޒާހިރާގެ ތެރެއިން ހައްޔަރުކުރުމަށްފަހު، ބުދަ ދުވަހުގެ ހެނދުނު ދޫކޮށްލައިފިއެވެ.

މުޢިއްޒު އާއިއެކު ހައްޔަރުކުރި އިތުރު ތިން މީހަކު ވެސް ދޫކޮށްލާފައެވެ.

ޕީޕީއެމް އިން ސިލްސިލާ މުޒާހިރާތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ރައީސް ޔާމީން އަށް ދިގު މުއްދަތެއްގެ ޖަލުހުކުމެއް އިއްވައި ތަންފީޒު ކުރަން ފެށުމާއި ގުޅިގެންނެވެ. މިޖަލު ޙުކުމާއިއެކު، ޔާމީން އަށް ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ގެއްލިފައެވެ.

ޓެގްސް: ޕީޕީއެމް މާލެ ސިޓީކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.