ކެޑޭޓް ކޭމްޕް ނިންމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: އެމްއެންޑީއެފް

ހަބަރު

ެއެމްއެންޑީއެފް އިން ހިންގި 22 ވަނަ ކެޑޭޓް ކޭމްޕް ނިމިއްޖެ

ރާނިއާ - ދިވެހި ރާއްޖެ | 5 ޖެނުއަރީ 2023 , ބުރާސްފަތި 08:49   252

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހިންގައިފައިވާ 22 ވަނަ ގައުމީ ކެޑޭޓް ކޭމްޕް ވަނީ ނިންމާލާފައެވެ.

ކ.ގިރިފުށީގައި އޮތް ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވަނީ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފައެވެ. އަދި މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ވަނީ ކޭމްޕުގައި ބައިވެރިވި ކެޑޭޓުންނާއި މުހާތަބު ކުރުއްވާފަވެސް މެއެވެ.

މިގޮތުން ކޭމްޕުގެ ބައިވެރިންގެ ތެރެއިން ވަނަވަނައަށް އައިސްފައިވާ ކެޑޭޓުންނާއި، އެންމެ މޮޅު 10 ކެޑޭޓުންގެ ހަންދާނީ ލިޔުމާއި އިނާމުތައް ހަވާލުކޮށް ދެއްވާފައި ވަނީ ވެސް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދް ދީދީއެވެ.

މިރަސްމިއްޔާތުގައި ކެޑޭޓުންނަށް ޢަޒުމް ލައިދެއްވާފައި ވަނީ ޤައުމީ ކެޑޭޓް ކޯރގެ ޑައިރެކްޓަރ އެޑްމިން އެންޑް ލޮޖިސްޓިކް ކެޑޭޓް ރިފާން ޢަލީ ވަޙީދު ކަމަށް ވާއިރު، މިކޭމްޕުގައި ކިޔަވައިދެވުނު މާއްދާތަކުން އެންމެ މޮޅު ދަރިވަރުގެ އިނާމު ލިބިފައިވަނީ މައިކް ޕްލެޓޫންގެ ކެޑޭޓް ކޯޕްރަލް އަޙްމަދު ފާލިޙް ޢަބްދުލް މުޙުސިންއަށެވެ. އަދި އެންމެ މޮޅު ފިރިހެން ދަރިވަރުގެ އިނާމު ލިބިފައިވަނީ ހަމަ މައިކް ޕްލެޓޫންގެ ކެޑޭޓް ކޯޕްރަލް އަމްޖަދު ޚާލިސް ޝަރީފް އަށް ލިބިފައިވާއިރު، އެންމެ މޮޅު އަންހެން ދަރުވަރުގެ އެވޯޑް ލިބިފައިވަނީ ޗާލީ ޕްލެޓޫންގެ ކެޑޭޓް ޕްރައިވެޓް އައިޝަތު ޒަރާ އަޙްމަދު ޒިރާން އަށެވެ. އެހެންކަމުން އެއްވަނަ ޕްލެޓޫން އަކަށް ހޮވިފައިވަނީ ވެސް މައިކް ޕްލެޓޫންއެވެ.

މިއަހަރުގެ ކެޑޭޓް ކޭމްޕުގައި ކިޔަވައި ދީފައިވާ މާއްދާތަކުގެ ތެރޭގައި ޑްރިލް، ފިޒިކަލް ޓްރޭނިންގ، ވޯޓަރމަންޝިޕް، ފަސްޓްއެއިޑް، ވެޕަން ހޭންޑްލިންގ، ބޭސިކް ފީލްޑްކްރާފްޓް، އަންއާރމް ކޮމްބެޓް، ލީޑަރޝިޕް، ފަޔަރ ފައިޓިންގ، އަދި މެރިޓައިމް ސްޓަޑީޒްގެ މަޢުލޫމާތު ހިމެނެއެވެ. އަދި ކެޑޭޓް ކޭމްޕުގައި ބައިވެރިވެފައިވާ ދަރިވަރުން އިސްލާމް ދީނާއި އަހުލުވެރި ކުރުވުމަށް ދީނީ ދަރުސްތައް ވެސް ވަނީ ދެއްވާފައެވެ.

ގައުމީ ކެޑޭޓް ކޭމްޕު ބޭއްވުމުގެ މަގްސަދުތަކުގެ ތެރޭގައި އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅިފައިވާ ބައެއް އަސާސީ ހުނަރުތައް ދަސްކޮށް ދިނުމާއި، އަސްކަރީ ހުނަރުތައް އުނގެނުމުގެ ވެއްޓެއްގައި ނަފްސު ތަރުބިއްޔަތުކޮށް ބައްޓަން ކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުނެ ހިމެނެއެވެ. އަދި ރާއްޖޭގެ އެކި ކަނކޮޅުތަކުން މިކޭމްޕުގައި ބައިވެރިވެފައިވާ ކެޑޭޓުންގެ އިތުރުން ޤައުމީ ކެޑޭޓް ކޯރއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ އިންޓަރނޭޝަނަލް ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން މި ކޭމްޕްގައި އިންޑިއާގެ 4 ކެޑޭޓުންނާއި ނޭޕާލުގެ 4 ކެޑޭޓުންގެ މެދުގައި އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވުމާއި، ރިވެތި އަހްލާގާއި ސުލޫކު ބައިވެރިވެރިންގެ މެދުގައި އަށަގެންނެވުމާއި، ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ އިތުރުން، ދިވެހި ދަރިންގެ ހިތްތަކުގައި ގައުމީ ރޫހު އާލާކުރުވުން ހިމެނެއެވެ.

ކޭމްޕުގައި ރާއްޖޭގެ އެކި ކަނޮޅުތަކުން 33 ސްކޫލެއް ބައިވެރި ވެފައިވާއިރު، އޭގެ ތެރޭގައި މާލޭގެ 13 ސްކޫލްއާއި އަތޮޅުތަކުގެ 20 ސްކޫލްގެ ކެޑޭޓުން ވަނީ ބައިވެރިވެފައެވެ. އަދި ކޭމްޕުގައި ޖުމްލަ 117 ކެޑޭޓުން ބައިވެރިވެފައި ވާއިރު މީގެ ތެރޭގައި 60 ފިރިހެން ކެޑޭޓުންނާއި 57 އަންހެން ކެޑޭޓުން ހިމެނެއެވެ.

ޓެގްސް: ކެޑޭޓް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.