ކްރިސްޓިއާނޯ ރޮނާޑޯ އަލް ނަސްރު ފުޓްބޯޅަ ކްލަބުގެ އާ މެމްބަރެއްގެ ގޮތުގައި ރަސްމީކޮށް ދައްކާލުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް

ކުޅިވަރު

އަލް ނަސްރަށް ބަދަލުވުމަށްފަހު ކްރިސްޓިއާނޯ ރޮނާޑޯ ސައުދީ އަރަބިއްޔާ އާއި ދެކުނު އެފްރިކާ، ސްޕީޗެއްގައި އޮޅުވާލައިފި

ރާނިއާ - މެދުއިރުމަތި | 7 ޖެނުއަރީ 2023 , ހޮނިހިރު 11:28   164

ކްރިސްޓިއާނޯ ރޮނާޑޯ ވަނީ އަންގާރަ ދުވަހު ރަސްމީކޮށް ފުޓްބޯޅަ ކްލަބް އަލް ނަސްރުގެ ކުޅުންތެރިއެއް ކަމަށް ސައުދި އަރަބިއްޔާގައި އިއުލާންކޮށްފައެވެ. އޭނާ ހޯމް ސަޕޯޓަރުންނަށް ހުށަހެޅީ 2025 ވަނަ އަހަރާ ހަމައަށް 200 މިލިއަން ޔޫރޯގެ ފައިދާހުރި ކޮންޓްރެކްޓެއްގެ ދަށުންނެވެ.

އެލައިޓް ފުޓްބޯޅައިގައި ރޮނާލްޑޯގެ ކެރިއަރު ނިމުމަކަށް އައިސްފައިވާ ކަމަށް ގިނަ ބަޔަކު ދެކޭއިރު، ފަސް ފަހަރު ބެލޮންޑިއޯ ހާސިލްކުރި ރޮނާޑޯ ވަނީ އެ ރަސްމިއްޔާތުގައި ފުދޭވަރަކަށް ހިތްހަމަޖެހިފައި ކަމަށް ފެނިގެން ދިޔައެވެ.

އެކަމަކު ނޫސްވެރިންގެ ބައްދަލުވުމުގައި ރޮނާޑޯ ވަނީ އޭނާގެ އާ އެއްބަސްވުމާއި ގުޅިގެން ވާހަކަ ދައްކަވަމުން ދަނިކޮށް އަނގަ އޮޅިފައެވެ. "ސައުދީ އަރަބިއްޔާ" ކިޔުމުގެ ބަދަލުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ވަނީ "ސައުތު އެފްރިކާ" އޭ ބުނެފައެވެ.

“ސައުތު އެފްރިކާއަށް އައުމަކީ އަހަރެންގެ ކެރިއަރުގެ ނިމުމެއް ނޫން،” މީޑިއާއާއި ވާހަކަ ދައްކަމުން ރޮނާޑޯ ބުންޏެވެ.

ރޮނާލްޑޯ ދައްކާލުމަކީ އަންގާރަ ދުވަހު އެންމެން ދައްކަމުން އައިސްފައިވާ ވާހަކައެވެ. ޔޫޓިއުބުން ލައިވްކޮށް މި ރަސމިއްޔާތު ސްޓްރީމް ކޮށްފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސީއާރު7 ގެ ފޭނުން ވަނީ މި ރަސްމިއްޔާތު ވަރަށް ގާތުން ބަލާފައެވެ. އެހެންކަމުން ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން އެ ގޯސް ދެނެގަތުމަށް މާގިނަ ވަގުތެއް ނުނެގިއެވެ. ރޮނާޑޯގެ ޕްރެސް ކޮނެފަރެންސްގެ އެ ވަކި ބައިގެ ކްލިޕެއް މުޅި އިންޓަނެޓްގައި ވަނީ ވައިރަލްވެފަ އެވެ.

ރޮނާޑޯ ބުނީ އޭނާގެ "ޔޫރަޕްގައި މަސައްކަތް ނިމިއްޖެ" ކަމަށެވެ. އޭނާގެ އާ ގެކޮޅުގައި އެއްވެ ތިބި މީހުންނާއި މުހާތަބު ކުރައްވަމުން އުމުރުން 37 އަހަރުގެ ރޮނާޑޯ ފާހަގަކުރެއްވި ގޮތުގައި، "ސައުދީ އަރަބިއްޔާއަށް އައުމަކީ އަހަރެންގެ ކެރިއަރުގެ ނިމުމެއް ނޫން. ހަގީގަތުގައި މިއީ އަހަރެން ބަދަލުވި ސަބަބު، އަދ މީހުން ދައްކާ ވާހަކައަކަށް އަހަރެން އެހާ ބޮޑު ސަމާލުކަމެއް ނުދެން. ގިނަ ކްލަބުތަކުން އަހަރެން ސޮއިކުރަން މަސައްކަތް ކުރި ނަމަވެސް އަހަރެންގެ ބަސް މި ކްލަބަށް ދިނީ"، ރޮނާޑޯ ބުންޏެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.