ގޫގުލް ޑޮމެއިންތަކުގެ އިސްތިހާރެއް

ޓެކްނޯލޮޖީ

ގޫގުލް އަހަރީ ދިމާކޮށް ޑޮމެއިންތަކަށް %20 ޑިސްކައުންޓް ދެނީ

އަލީ އަޒްޔަން - އެމެރިކާ | 16 މާރޗް 2022 , ބުދަ 01:16   371

ގޫގުލް ކުންފުނިން މީގެ ހަތް އަހަރު ކުރިން ދޭން ފެށި ޑޮމެއިންގެ އާއިގުޅޭ ޚިދުމަތްތައް އަހަރީ ދުވަހާއި ގުޅުވައިގެން، އޭގެ ބީޓާ ވާޝަން ނިމުމަކަށް ގެނެސް، އަލަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް 20 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ފަށައިފިއެވެ.

މިގޮތުން މިޚިދުމަތް މިހާރު ދުނިޔޭގެ 26 ގައުމަކަށް ހުޅުވާލެވިފައިވެއެވެ. އޭޝިއާގައި މިޚިދުމަތް ލިބޭ ގައުމުތަކަކީ، މެލޭޝިއާ، ތައިލެންޑް، އިންޑިއާ، އަދި ފިލިޕީންސް އެވެ.

ޢާއްމުގޮތެގައި ގޫގްލް އިން ޑޮމެއިން އެއް ވިއްކަނީ 12 އެމެރިކާ ޑޮލަރަށެވެ. ނަމަވެސް އާ އަހަރީ ދުވަހާއި ގުޅިގެން ހިންގާ ޕްރޮމޯޝަންގައި އަހަރަކަށް 7 އެމެރިކާ ޑޮލަރަށް ގަތުމުގެ ފުރުޞަތު އޮންނާނެއެވެ. މިޕްރޮމޯޝަން ގައި ބައިވެރިވުމަށް ބޭނުންކުރަންޖެހޭ ކޫޕަން ކޯޑަކީ DOMAINS20 އެވެ. މިޕްރޮމޯޝަން އޭޕްރިލް މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ދެމިގެން ދާނެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.