ސައުދީ އަރަބިއްޔާގެ އާ ސަފީރުން

ދުނިޔެ

ސައުދީ އަރަބިއްޔާއިން އިތުރު ދެ އަންހެން ސަފީރުން އައްޔަންކޮށްފި

ރާނިއާ - މެދުއިރުމަތި | 4 ޖެނުއަރީ 2023 , ބުދަ 19:56   168

ލީޑަޝިޕް މަގާމުތަކުގައި އަންހެނުން ބާރުވެރިކުރުވުމަށް ލިބުނު އިތުރު ކުރިއެރުމެއްގެ ގޮތުގައި ސައުދީ އަރަބިއްޔާއިން އަންގާރަ ދުވަހު އިތުރު ދެ އަންހެން ސަފީރުން އައްޔަންކޮށްފި އެވެ.

ނިސްރީން އަލް ޝަބަލް އާއި ހައިފާ އަލް ޖާދިއާ ސަފީރު ކަމާއި ހަވާލު ކުރުމުގެ އިތުރަށް އަލަށް އައްޔަން ކުރެއްވި އެހެން ގިނަ މަންދޫބުންނާއި އެކު ރިޔާދުގެ އަލް ޔަމަމާ ގަނޑުވަރުގައި ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ކުރިމަތީގައި ހުވާ ކުރެއްވިއެވެ.

އަލް ޝަބެލް ފިންލޭންޑުގައި ހުންނަވާ ސަފީރުގެ މަގާމަށް ހަމަޖެއްސެއެވިއެވެ. އަލް ޖާދިއާ އަކީ ޔޫރަޕިއަން ޔޫނިއަން އަދި ޔޫރަޕިއަން އެޓޮމިކް އެނާޖީ ކޮމިއުނިޓީ (އީއޭއީސީ) އަށް ސައުދީ އަރަބިއްޔާގެ މިޝަންގެ ސަފީރު އަދި ހެޑްއެވެ.

އާ މަގާމުތަކާ އެކު ސައުދީގެ އަންހެން ޑިޕްލޮމެޓުންގެ އަދަދު ވަނީ ފަހަކަށް އިތުރުވެފައެވެ.

އަލް ޖާދިއާ އަކީ ސައުދީ ރިސާޗް އެންޑް މީޑިއާ ގްރޫޕުން އަލަށް އުފެއްދި ސްޓަޑީޒް ޑިޕާޓްމަންޓެއް ކަމަށްވާ އެސްއާރުއެމްޖީ ތިންކްގެ މެނޭޖިން ޑިރެކްޓަރެވެ. އެމީހުންގެ މިޝަނަކީ އިގްތިސާދާއި ޖިއޮގްރަފީއާއި ޚާރިޖީ ސިޔާސަތު ހިމެނޭ ގޮތަށް އެކި ދާއިރާތަކުން މެދުއިރުމައްޗާއި އުތުރު އެފްރިކާއާއި ބެހޭ ތަހުލީލުތައް ފޯރުކޮށްދިނުމެވެ.

ޓެގްސް: ސައުދީ ޢަރަބިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.