ޔޫކްރޭން ބޯޑަރުގައި މިލިޓަރީ މީހަކު ހުއްޓިގެން

ދުނިޔެ

އެމެރިކާއިން ޔޫކްރޭނަށް 3 ބިލިއަން ޑޮލަރުގެ އެހީދީފި

އަލީ އަޒްޔަން - ޔޫރަޕް | 7 ޖެނުއަރީ 2023 , ހޮނިހިރު 11:54   159

އެމެރިކާއިން ޔޫކްރޭނަށް ފޯރުކޮށްދޭ އެހީތައް އިތުރުކޮށް، އިތުރު 3 ބިލިއަން ޑޮލަރުގެ މިލިޓަރީ އެހީ ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

މީގެ ތެރެއިން 2.85 ބިލިއަން ޑޮލަރުގެ އެހީ މިހާރު ވަނީ އެޤައުމަށް ފޮނުވިފައެވެ. އެމެރިކާގެ ސެކެޓްރީ އޮފް ސްޕޯޓްސް އާއި ޙަވާލާދީ އެމެރިކާގެ މީޑިއާތަކުން ބުނެފައިވަނީ މީގެތެރޭގައި ކުރުރާސްތާ މިސައިލްތަކާއި، ހަނގުރާމަމަތީ އުޅަނދުތަކާއި، އާމާޑް ޕާސަނަލް ކެރިއާ ހިމެނޭކަމަށެވެ. އަދި ގޮވާ ޒާތުގެ ތަކެތި ވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.

މީގެ ކުރިން ވެސް ޖޯބައިޑެންގެ ސަރުކާރުން ވަނީ 45 ބިލިއަން ޑޮލަރު އެޤައުމަށް ދިނުމަށް ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައެވެ. އެކަމަކު މިފަހަރު މިފާސްކުރި 3 ބިލިއަން ޑޮލަރު ފާސްކުރެވުނީ ގިނަ ގޮންޖެހުންތަކަކާއިއެކު އެވެ. އެހެންކަމުން ބެލެވޭގޮތުގައި ކުރިއަށް އޮތްތަނުގައި އިތުރު އެހީ ފޯރުކޮށް ދިނުމަށް ޤަނޫނުހަދާ މަޖިލީސްތެރެއިން ހުރަސްތަކާއި ކުރިމަތިލާން ޖެހޭނެކަމަށް ބެލެވެއެވެ.

ޓެގްސް: އެމެރިކާ ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.