ފިޔޯރީ ސްކޫލް އަނދަމުންދާ މަންޒަރު

ހަބަރު

ގދ. ފިޔޯރީ ސްކޫލް، 5 ކްލާސްރޫމް ހިމެނޭ ޢިމާރާތެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 8 ޖެނުއަރީ 2023 , އާދީއްތަ 22:04   297

ގދ. އަތޮޅު ފިޔޯރީ ސްކޫލްގައި އަލިފާނުގެ ޙާދިޠާއެއް ހިނގައި އެސްކޫލް ބޭނުން ނުކުރެވޭވަރަށް އަނދާފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މި ޙާދިޠާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ހަވީރު އިރު އޮއްސެން އުޅެނިކޮށެވެ. މިއީ ސްކޫލް ބަންދުކޮށްފައި ހުރި ގަޑިއެކެވެ. އެހެންކަމުން އެއްވެސް މީހަކަށް މިހާދިޠާއިން ގެއްލުމެއްވެފައި ނުވާކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފައިވެއެވެ.

އަނދައިދިޔަ ޢިމާރާތަކީ 5 ކްލާސްރޫމްގެ އިމާރާތެކެއެވެ.

މިހާތަނަށް ބެލިބެލުމުން އަލިފާން ރޯވެފައިވަނީ ކަރަންޓު ޑިސްޓްރިބިއުޝަން ފޮށްޓަކުންނެވެ.

ފިޔޯރީ ސްކޫލަކީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއް ނަމަވެސް، މާދަމާއިން ފެށިގެން ދެދަންފަޅިއަށް ބަހާލައިގެން ކިޔެވުން ގެންދާނެކަމަށް އެސްކޫލުން ބުނެފައިވެއެވެ.

ޓެގްސް: އަލިފާނުގެ ޙާދިޝާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.