އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކުރެވިފައި، ފޮޓޯ ސޯޝަލްމީޑިއާ

ހަބަރު

ނީލަން ފިހާރައިގައި ރޯވުމުން، އިމާދުއްދީން ސްކޫލް ހުސްކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 9 ޖެނުއަރީ 2023 , ހޯމަ 08:41   346

ހޯމަ ދުވަހު ހެނދުނު މާލޭ ނީލަން ފިހާރައިގައި އަލިފާންރޯވެ، ދުމުގެ އަސަރުކުރުމުން އެތަނާއި އިންވެގެން ހުންނަ އިމާދުއްދީން ސްކޫލަށް ވަރަށްބޮޑަށް ދުމުގެ އަސަރުކޮށް އެސްކޫލްގެ ކިޔެވުން ހުއްޓާލައިފިއެވެ.

އަލިފާންގަނޑު މިހާރު ކޮންޓްރޯލްވެފައި ވީނަމަވެސް އެސަރަހައްދުގައި އަދިވެސް ވަރަށް ބޮޑަށް ދުމުގެ އަސަރު އެބަހުއްޓެވެ.

މިހާދިޠާގައި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ވެފައިވާކަމުގެ ރިޕޯޓެއް ލިބިފައިނުވެއެވެ.

އެގުދަނުގައި ގިނަ ޢަދަދެއްގެ ކެމިކަލް ރައްކާކުރެވިފައި ހުރިކަމަށް ވެސް މަޢްލޫމާތު ލިބިފައިވެއެވެ.

އާދީއްތަ ދުވަހު ވެސް ވަނީ އަލިފާނުގެ ބޮޑު ޙާދިޠާއެއް ހިނގައި އެހެން އެހެން ރަށެއްގެ ސްކޫލަކަށް ގެއްލުންތަކެއް ލިބިފައެވެ. އަލިފާނުގެ ޙާދިޠާތައް ގިނަވަމުންދާތީ، ތަހްޤީގްކޮށް ބަލަންޖެހޭކަންކަން ބަލަމުންދާކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

ޓެގްސް: އަލިފާނުގެ ޙާދިޝާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.