ފުވައްމުލައް ސިޓީ

ހަބަރު

އެތްލެޓިކްސް، 3،000 މީހުންނަށް މަރުހަބާކިޔަން ފުވައްމުލައްސިޓީ ތައްޔާރުވެފައި

އަލީ އަޒްޔަން - ފުވައްމުލަކު | 9 ޖެނުއަރީ 2023 , ހޯމަ 22:19   244

އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން 2023 ފެބުރުއަރީ 5 އިން 10ގެ ނިޔަލަށް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް 2023 ފުވައްމުލައް ސިޓީގައި ބޭއްވުމަށް އެސިޓީއިން ދަނީ ތައްޔާރުވަމުންނެވެ.

މި މުބާރާތުގައި 37 ސްކޫލަކުން ވާދަކުރާއިރު، 3000 އަށް ވުރެ ގިނަ މީހުން މިރަށަށް ޒިޔާރަތް ކުރާނެކަމަށް ލަފާކޮށްފައިވެއެވެ. ފުވައްމުލައް ސިޓީ އަކީ ރީތި، ސާފުތާހިރު އަދި ރަށަށް ޒިޔާރަތްކުރާ މެހުމާނުންނަށް ހިތްހަމަޖެހުމާއި، އުފާވެރިކަން ލިބިދޭ ސިޓީ އެއްގެ ގޮތުގައި ބޭއްވުމަށް ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ފުވައްމުލައް ސިޓީކައުންސިލުން ވަނީ އެސިޓީގެ ރައްޔިތުންގެ ކިބައިން އެދިފައެވެ.

ކައުންސިލުން އެދިފައިވަނީ، ގޭގެ ގޯތިތެރެއާއި، މަގުތަކާއި، މަގުފާރުތައް ރީތިކޮށް ކުލަލައި، ގޭގެ ނަންބޯޑުތައް ހަރުކޮށް ޒީނަތްތެރި ކުރެއްވުމަށެވެ.

މިމުބާރާތް އޮންނާނީ ފެބްރުއަރީ މަހުގެ 5 އިން 10 އަށެވެ.

ޓެގްސް: އެތްލެޓިކްސް ފުވައްމުލައް މުބާރާތްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.