ނެޓްފްލިކްސް އެކައުންޓެއްގެ ސްކްރީންޝޮޓެއް

މުނިފޫހިފިލުވުން

ނެޓްފްލިކްސް ޕާސްވާޑް ޝެއަރ ކުރާނަމަ އިތުރަށް ޗާޖު ކުރަނީ

އަލީ އަޒްޔަން - އެމެރިކާ | 17 މާރޗް 2022 , ބުރާސްފަތި 22:21   372

ދިވެހި ޒުވާނުންގެ ތެރޭގައި ވެސް މަގްބޫލު މުނިފޫހިފިލުވުމަށް ޚާއްސަ އެޕް ނެޓްފްލިކްސް އެކައުންޓަކަށް ރަޖިސްޓްރީކޮށްފިނަމަ އެ ލޮގްއިން ބޭނުންކޮށްގެން އިތުރު ޑިވައިސްތަކަށް ވަދެ އެއްފަހަރާ ފިލްމާއި އެންމެ ފަހުގެ ޑްރާމާތައް ބަލާހެދެއެވެ.

ނެޓްފްލިކްސްގެ ކޮންޓެންޓް ޕޮލިސީ ބުނާގޮތުން އެއް އެކައުންޓެއް ތަފާތު ޑިވައިސްތަކުން ބޭނުންކުރެވޭގޮތަށް ޑިޒައިންކޮށްފައިވަނީ ބޭނުން ކުރާ ފަރާތްތަކަށް ފަސޭހަކަން ދިނުމަށެވެ. ފަހަކަށް އައިސް މީގެ ބޭނުން ނަމަހަމަގޮތުގައި ބައެއް ފަރާތްތަކުން ހިފާ ގިނަ ރައްޓެހިންގެ ތެރޭގައި އެއް ޕާސްވޯޑެއް ހިއްސާކޮށް ހަދައެވެ.

މިކަން ކޮންޓްރޯލް ކުރުމުގެ ގޮތުން ނެޓްފްލިކްސް އިންވަނީ ފިޔަވަޅިތަކެއް އަޅަން ފަށާފައެވެ. ނެޓްފްލިކްސް އިން ހާމަކޮށްފައިވާގޮތުން އެއް ޕާސްވޯޑެއް ބޭނުން ކުރެވޭނީ އެއްގެއެއްގެ ތެރޭގައި އެކަންޏެވެ. އެގެއިން ބޭރަށް ޕާސްވޯޑް ހިއްސާކުރާ ހިސާބުން ނެޓްފްލިކްސް އަށް ރަޖިސްޓްރީ ކުރި ފަރާތުން އިތުރަށް ފައިސާ ދައްކަން ޖެހޭނެ ކަމުގެ ނޮޓިފިކޭޝަން ލިބޭނެއެވެ.

މިހާރު ބައެއް ގައުމުތަކުގައި މި ބާތުގެ ޓެސްޓްތަކެއް ދަނީ ކުރެވެމުންނެވެ. އަދި ލަސްތަކެއް ނުވެ ންޓްފްލިކްސް އިން މިކަން ޢާއްމުކުރާނެ ކަމަށް ބެލެވެއެވެ.

ނެޓްފްލިކްސްގައި ދުނިޔޭގެ ގިނަ ގައުމުތަކުގެ ފިލްތަކާއި އެންމެ ފަހުގެ ޓީވީ ސީރީސްތައް ބަލާލެވެއެވެ. ނިމިދިޔަ 2021 ވަނަ އަހަރު ނެޓްފްލިކްސް އަށް ޢާމްދަނީގެ ގޮތުގައި ސަބްސްކްރައިބަރުންގެ ފަރާތުން 221.8 މިލިއަން ޑޮލަރު ލިބުނެވެ. އޭގެތެރެއިން 34 ޕަސެންޓް ނުވަތަ 75.2 މިލިއަން ޑޮލަރު ލިބިފައިވަނީ އެމެރިކާ ސަރަޙައްދުންނެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.