އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހް

ހަބަރު

އެމްޑަބްލިއުއެސްސީ، މާލޭގައި ފެން އުފެއްދުމުގެ ޤާބިލުކަން 15 އިންސައްތަ އިތުރުކުރަނީ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 10 ޖެނުއަރީ 2023 , އަންގާރަ 09:08   184

މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކުންފުންފުނި (އެމްޑަބްލިއުއެސްސީ) އިން މާލެ ސަރަޙައްދަށް ފޯރުކޮށްދެމުން އަންނަ ފެން ސަޕްލައިކުރުމުގައި ޤާބިލްކަން އިތުރުކުރަން މަސައްކަތްކުރަމުން އަންނަކަމަށް އެކުންފުނިން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހް ވިދާޅުވެފައިވަނީ މިހާރު މާލޭގައި ފެން އުފެއްދުމުގެ ޤާބިުލުކަން މިހާރު ހުރީ ދުވާލަކު 20،000 ޓަނުގައި ކަމަށެވެ. އޭގެތެރެއިން 90 އިންސައްތަ ހަމަ ކޮންމެ ދުވަހަކު ވެސް ބޭނުންކުރެވެމުންދާކަމަށެވެ.

ހުޅުމާލޭގައި ވެސް ފެން ބޭނުންކުރާ މިންވަރު އިތުރުވަމުން ދިއުމާއިއެކު 3،000 ޓަނުގެ ފެން ޕްލާންޓެއް ސިންގަޕޫރުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އެމްޑަބްލިއުއެސްސީ އިން ބުނެފައިވެއެވެ. މިމަސައްކަތް ފުރިހަމަ ކުރެވޭނެކަމަށް އަންދާޒާކޮށްފައި ވަނީ މިއަހަރުގެ އޯގަސްޓުމަހުގައެވެ.

ޓެގްސް: އެމްޑަބްލިއުއެސްސީ ފެން ޒަރޫރީ ޚިދުމަތްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.