މިދިޔައަހަރު ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ޙާދިޠާގައި ޙާލުގައި ޖެހުނު ފަރާތްތަކުން އެހީއަށް އެދި ކިއުގައި މަޑުކޮށްލައިގެން

ދުނިޔެ

ޕާކިސްތާނަށް 9 ބިލިއަން ޑޮލަރުގެ އެހީދޭން ޤައުމުތަކުން ޕްލެޖްކޮށްފި

އަލީ އަޒްޔަން - ދެކުނު އޭޝިޔާ | 11 ޖެނުއަރީ 2023 , ބުދަ 08:22   283

މިދިޔަ އަހަރު ޕާކިސްތާނަކަށް ކުރިމަތިވި ގުދްރަތީ ކާރިޠާ އާއިގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެޤައުމަށް އެހީވުމުގެ ގޮތުން 9 ބިލިއަން ޑޮލަރު ދޭނެކަމަށް ބުނެފިއެވެ.

މިއީ އެޤައުމުގެ ޙާލަތު ކުރީގެ ޙަލަތަށް ރުޖޫޢަކުރުމަށް ބޭނުންވާ 16.3 ބިލިއަން ޑޮލަރުގެ ތެރެއިން ދެބައިކުޅައެއްބަޔަށް ވުރެ ބޮޑު ޢަދަދެކެވެ.

މިދިޔަ އަހަރު އެގައުމުގައި ފެންބޮޑުވުމުގެ ސަބަބުން 1700 އެއްހާ މީހުން މަރުވެ، 8 މިލިއަނެއްހާ މީހުން ޙާލުގައިޖެހިފައިވެއެވެ.

މިއެހީގެ ތެރެއިން ބޮޑުބައެއް ފޯރުކޮށްދިފައިވަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް އާއި، ވޯލްޑް ބޭންކް އަދި ސައުދި އަރަބިއާއިންނެވެ. ޔޫރަޕްގެ އިއްތިހާދާއި، އެމެރިކާ، ޗައިނާ އާއި ފްރާންސުންވެސް ވެސް އެހީ ދީފައިވެއެވެ.

ޓެގްސް: ޕާކިސްތާން ފެންބޮޑުވުން ކާރިސާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.