މާކަސް ރަޝްފަޑް ވަނީ މިސީޒަނުގައި ޔުނައިޓެޑަށް 15 ގޯލްޖަހައިދީފައި

ކުޅިވަރު

ފުޓުބޯޅަ، ރަޝްފަޑްގެ ޑަބަލް އާއިއެކު ޔުނައިޓެޑް ކަރަބާއޯކަޕްގެ ސެމީފައިނަލަށް

އަލީ އަޒްޔަން - ޔޫރަޕް | 11 ޖެނުއަރީ 2023 , ބުދަ 08:44   243

އިނގިރޭސިވިލާތް - މެންޗެސްޓާރ ޔުނައިޓެޑް އިން ޗާލްޓަން އާއިދެކޮޅަށް އަންގާރަދުވަހު ކުޅުނު މެޗު ނިމުނީ 3-0 އިން ޔުނައިޓެޑް މޯލުވެގެންނެވެ.

މިމެޗު ނިމެން ކައިރިވެފައި އޮތްވާ، މެންޗެސްޓާ ޔުނައިޓެޑުން އެޓީމުގެ މާކަސް ރަޝްފަޑް ވަނީ ދެ ގޯލް ޖަހައިދީފައެވެ. އެއީ 90 ވަނަ މިނެޓާއި 94 ވަނަ މިނެޓުގައެވެ. މެޗުގެ ފުރަތަމަ ގޯލް ޖަހައިދީފައިވަނި 21 ވަނަ މިނެޓުގައި އެންތަނީއެވެ.

މިއީ އޭނާ ވިދިވިދިގެން ރަޝްފަޑް ގޯލުޖެހި 8 ވަނަ މެޗް ވެސްމެއެވެ. މިރެކޯޑް މީގެކުރިން ހޯދާފައިވަނީ 2010 ވަނައަހަރު އިނގިރޭސި ގައުމީ ޓީމުގެ ކުޅުންތެރިޔާ ވޭން ރޫނީއެވެ.

ރަޝްފަޑް ވަނީ މެޗުގެ މޭން އޮފްދަ މެޗުކަން ވެސް ހޯދާފައެވެ.

މިނަތީޖާއާއިއެކު ޔުނައިޓެޑުންވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

ކުއާޓާރ ފައިނަލުގެ އަނެއް މެޗުގައި ލެސްޓާ އާއި ބައްދަލުކޮށް 2-0 ގެ ނަތީޖާއަކުން ނިއުކާސްލް ވަނީ މޮޅުވެފައެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ފެބްރުއަރި މަހުގެ 26 ވަނަދުވަހު ވެމްބްލީ ސްޓޭޑިއަމްގައެވެ.

ޓެގްސް: ފުޓުބޯޅަ އިނގިރޭސިވިލާތް މެންޗެސްޓަރ ޔުނައިޓެޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.