އެޕްލް އެޕްސްޓޯރ

ޓެކްނޯލޮޖީ

އެޕަލް، 2022 ވަނަ އަހަރު ޑިވެލޮޕަރުންނަށް 60 ބިލިއަން ޑޮލަރު ދީފައިވޭ

އަލީ އަޒްޔަން - ދުނިޔެ | 11 ޖެނުއަރީ 2023 , ބުދަ 17:54   168

އެޕަލް އެޕް ސްޓޯރު ތައާރަފްކުރިތާ ގާތްގަނޑަކަށް 15 އަހަރު ވެއްޖެ އެވެ. މިހާރު މި ޕްލެޓްފޯމަށް ތަފާތު 175 ގައުމަކުން ހަފްތާއަކު 650 މިލިއަނަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރެ އެވެ.

އެޕަލް އާއި އެ ކުންފުނީގެ އެޕް ސްޓޯރަށް 2022 ވަނަ އަހަރު ދިޔަ ގޮތް ދައްކުވައިދޭ ބައެއް ޑޭޓާތައް އެ ކުންފުނިން ދާދި ފަހުން ވަނީ ހާމަކޮށްފަ އެވެ. ޝައުގުވެރިވާ އެއްކަމަކީ އެޕަލް އިން އައިއޯއެސް ޑިވެލޮޕަރުންނަށް 2022 ވަނަ އަހަރު އެކަނި 60 ބިލިއަން ޑޮލަރު ދީފައިވާ ކަމެވެ.

2008 ވަނަ އަހަރު އެޕް ސްޓޯރު ތައާރަފްކުރި ފަހުން އެޕަލް އިން ވަނީ އައިއޯއެސް އެޕް ޑިވެލޮޕަރުންނަށް 320 ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ދީފަ އެވެ. މިގޮތުން، ކޮންމެ އަހަރަކުވެސް އެ ކުންފުނިން އާ އުސްމިންތަކެއް ކަނޑައަޅައެވެ.

އެޕް ސްޓޯރުގެ ޖުމްލަ އާމްދަނީ 2022 ވަނަ އަހަރު 85 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާނެކަމަށް ކަމުގެ މާހިރުން ލަފާކުރެއެވެ.

2022 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެޕް ސްޓޯރަށް ކުރާ މޯބައިލް ގޭމް ޚަރަދުތައް %9.8 ދަށްވެފައިވެއެވެ.

މީގެ އިތުރުން، އެހެން ކުންފުނިތަކެކޭ އެއްފަދައިން، އެޕަލް އަށް ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންސިއުމަރުންގެ ޔަގީންކަން ނެތް ކަންތައްތަކެއް ކުރިމަތިވެފައި ވަނީ އިގްތިސާދީ މާހިރުން ވިދާޅުވާގޮތުން، ރިސެޝަން އައުމާއި އިންޓަރެސްޓް ރޭޓް މަތިވުމާއި އިންފްލޭޝަން ފަދަ ކަންކަމާ މެދު ކަންބޮޑުވާތީ އެވެ.

މޯގަން ސްޓެންލީގެ އެނަލިސްޓް އެރިކް ވުޑްރިންގް ބުނާ ގޮތުގައި ރާއްޖެއިން ބޭރުގެ މާކެޓްތަކުގައި ވަކި އެޕްތަކުގެ އަގުތައް އިތުރުވެފައިވާތީ 2023 ވަނަ އަހަރަކީ އެޕަލްއިން ރަނގަޅު ނަތީޖާ ނެރޭނެ އަހަރަކަށް ވެގެންދާނެ އެވެ. އަދި ޑިސެމްބަރު 2022 ގައި ޑިވެލޮޕަރުންނަށް އާ އެޕް ސްޓޯރުގެ އަގު ކަނޑައެޅުން ވެސް އެކުންފުނިން ވަނީ މިހާރު އިއުލާންކޮށްފަ އެވެ.

ޓެގްސް: އެޕަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.