މާލޭގައި ހިނގާދިޔަ އަލިފާނުގެ ޙާދިޠާ

ހަބަރު

ރޯވިތަނުގައި އިތުރަށް ދެން ނީލަން ފިހާރަ ނުހިންގޭނެކަމަށް ނިންމައިފި

އަލީ އަޒްޔަން - ކ. މާލެ | 11 ޖެނުއަރީ 2023 , ބުދަ 20:51   209

މާލޭގައި ނީލަން ފިހާރަ ހިންގަމުން އައިތަނުގެ އެކޮމޮޑޭޝަން ބްލޮކްގައި އަލިފާނުގެ ބޮޑު ޙާދިސާއެއް ހިނގައި ގެއްލުންތައް ލިބުމާއި ގުޅިގެން، ދެން އިތުރަށް އެތަނުގައި ނީލަން ފިހާރަ ހިންގުމުގެ ފުރުޞަތު ނުދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ހޯމަ ދުވަހު ހިނގި ޙާދިސާގައި އަލިފާންގަނޑު ނިއްވާލާފައިވީ ނަމަވެސް ފަސޭހައިން އަލިފާން ހިފާޒާތުގެ ތަކެއްޗާއި ނުރައްކާތެރި ކެމިކަލްތައް ރައްކާކޮށްފައި ހުރުމުގެ ސަބަބުން އަދިވެސް ދުންގަނޑު އެއްކޮށް ހުއްޓާލެވިފައި ނުވެއެވެ.

ސިޓީކައުންސިލް އިން ނިންމާފައިވަނީ ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނުން މިޒާތުގެ ސެކަންޑް ހޭންޑް ތަކެތި ވިއްކުމަށް ޖާގަ ދިނުމަށެވެ. މިއަދުގެ ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން އެކައުންސިލް ވަނީ މިހުށަހެޅުން ސަރުކާރަށް ހުށަހެޅުމަށް ވެސް ނިންމާފައެވެ.

ޓެގްސް: އަލިފާނުގެ ޙާދިޝާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.