ރަޝިއާގައި އޮތް ވޯލްޑްކަޕް ފްރާންސަށް ކާމިޔާބުކޮށްދިން ހުނަރުވެރި ކުޅުންތެރިޔާ

ހަބަރު

ފުޓްބޯޅަ: ކަކުލުގެ އޮޕަރޭޝަނަށް ފަހު ޕޮގްބާ އެނބުރި ޔުވެންޓަސްގެ ފަރިތަކުރުންތަކަށް އަންނަނީ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 12 ޖެނުއަރީ 2023 , ބުރާސްފަތި 07:28   118

ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ކަކުލުގެ އޮޕަރޭޝަނެއް ކުރުމަށް ފަހު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި ނުކުޅެވުނު ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ ވަނީ އޮކްޓޯބަރު މަހުގެ ފަހުން ފުރަތަމަ ފަހަރަށް ޔުވެންޓަސް ޓީމުގެ ކުޅުންތެރިންނާ އެކު އަންގާރަ ދުވަހު ފަރިތަކުރުންތަކެއް ގައިބައިވެރިވެފައެވެ.

މި ހޫނު މޫސުމުގައި މެންޗެސްޓާ ޔުނައިޓެޑުން ޔުނައިޓެޑަށް އަލުން ސޮއިކުރި ފަހުން ޕޮގްބާ އަދި މިހާތަނަށް ޔުނައިޓެޑަށް ކުޅެފައެއް ނުވެ އެވެ.

މިދިޔަ ހޫނު މޫސުމުގައި ޕޮގްބާ އެނބުރި އައުމުން ޔުވެންޓަސްގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ޖޯޝެއް އުފެދި، އެ ކްލަބުގައި ފުރަތަމަ ހޭދަކުރި (2012-2016) ހަތަރު ލީގު ތަށި ހޯދި ކުޅުންތެރިޔާ އެނބުރި އައުމުން އަންނަނީ އުފާފާޅުކުރަމުންނެވެ.

ޕޮގްބާ އަކީ މީގެ ހަތަރު އަހަރު ކުރިން ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގެ މުހިއްމު މެމްބަރެކެވެ. އޭނާ ލަނޑު ޖަހައިދިނީ ފައިނަލުގައި ކްރޮއޭޝިއާ އަތުން 4-2 އިން މޮޅުވި މެޗުގަ އެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.