ޓީމް ވޮރިއާސް، ކޭމްޕްގެ ބައިވެރިންނާއިއެކު

ހަބަރު

ޓީމް ވޮރިއާސްގެ ފަރާތުން ބޭއްވި ވޮލީ ކޭމްޕްގެ ނިމުން ފާހަގަކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 12 ޖެނުއަރީ 2023 , ބުރާސްފަތި 20:21   223

ޓީމް ވޮރިއާސްގެ ފަރާތުން އައްޑޫސިޓީގައި ބޭއްވި ވޮލީ ކޯޗިންގ ކޭމްޕްގެ ނިމުން ފާހަގަކޮށްފިއެވެ.

މިކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އީކުއޭޓަރ ވިލެޖް ރިސޯޓްގެ ބްލޫ ލެގޫން ހޯލުގައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފޭދޫ ދާއިރާގެ ކައުންސިލާ އާމިނަތު ސަލްމާއެވެ. ސަލްމާ އަކީ ވެސް ކުރިން ވޮލީގެ ރެފްރީކަން ކުރައްވާފައިވާ ފަރާތެކެވެ.

ސަލްމާގެ އިތުރުން ގަން ޔޫތް ސެންޓަރުގެ ޖިމް އިންސްޓްރަކްޓަރ ޔާސްމީން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ރަސްމިއްޔާތުގައި ޓީމްގެ ފަރާތުން މެނޭޖަރ އައިޝަތު ޝީނާ ވަނީ ބައިވެރިންނަށް ހިތްވަރުދެއްވައި ވާހަކަދައްކަވާފައެވެ.

އެންމެ ބޭނުންވަނީ 90ގެ އަހަރުތަކުގައި އައްޑުގައި އޮތް ވޮލީ ފޯރިއަލުން ގެންނަން ބޭނުންވަނީ. އަޅުގަނޑުމެން ވޮލީ ކުޅެން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް މަރުޙަބާކިޔަން.

~ އައިޝަތު ޝީނާ، ޓީމް މެނޭޖަރ

މިކޭމްޕް ނިންމުން ފާހަގަކުރުމުގެ ގޮތުން ބުދަ ދުވަހުގެ ހަވީރު އެކުވެރިކަމުގެ ވޮލީ މެޗެއް ވެސް ކުޅެފައިވެއެވެ.

މިލިޔުމާއި ގުޅޭ:

ފޮޓޯތައް

ޓެގްސް: ވޮލީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.