ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް، ހުކުރުދުވަހުގެރޭ ފޭދޫ ސްކޫލަށް 50 އަހަރުފުމުގެ ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާނެ

ހަބަރު

ކެމްޕޭން ދަތުރުފުޅެއްގައި ރައީސް ސޯލިހް ހުކުރުދުވަހު މެންދުރުފަހު އައްޑޫއަށް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 13 ޖެނުއަރީ 2023 , ހުކުރު 11:38   183

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ހުކުރުދުވަހު މެންދުރުފަހު އައްޑޫއަށް ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މިދަތުރާއި ގުޅޭގޮތުން ރައީސްއޮފީހުގެ ތަރުޖަމާން މިޢްވާނު ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މަޢްލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސް ސޯލިހް އައްޑޫ އަށް ވަޑައިގަންނަވަނީ އެމްޑީޕީ ޕްރައިމަރީގައި ކެމްޕޭންކުރެއްވުމަށްޓަކައި ކަމަށެވެ.

ރައީސް ސޯލިހް މާލެއިން ފުރާނީ ހުކުރުދުވަހުގެ މެންދުރު 2 ޖަހާއިރުއެވެ. އެމަނިކުފާނު އައްޑުއަށް ވަޑައިގެން ހަމައެދުވަހު ހަވީރު، ސައިފޮދަކާއިއެކު ފޭދޫ ބަނދަރުގައި އައްޑޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާނެއެވެ.

ހަމަ އެރޭ ރޭގަނޑުގެ ފަރިއްކޮޅަކާއިއެކު ބޭއްވޭ، ފޭދޫ ސްކޫލަށް 50 އަހަރުފުރުމުގެ ޙަފްލާ ޝަރަފްވެރިކޮށްދެއްވާނެއެވެ. އޭގެ ފަހުން އައްޑޫ ސިޓީ ކައުންސިލް އަދި އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ބައްދަލުކުރައްވާނެކަމަށް ވެސް މަޢްލޫމާތު ލިބިފައިވެއެވެ.

އަދި ހޮނިހިރު ދުވަހުގެރޭ، 34 ވަނަ ޕޮލިސް އިނީޝިއަލް ޓްރޭނިން ކޯހުގެ ޕާސަނަލް ޕެރޭޑްގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

ޓެގްސް: ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.