މެސީގެ އަންހެނުން އެންޓޮނެލާ ރޮކޫޒޯ މެސީ ކުޅުނު ބެލުމަށް ދަނޑުގައި

ކުޅިވަރު

ސަޕޯޓަރުންގެ ނުރުހުމުގެ އަޑާއި އެކު މެސީގެ އަންހެނުން ރޮއްވާލައިފި

އަލީ އަޒްޔަން - ޔޫރަޕް | 17 މާރޗް 2022 , ބުރާސްފަތި 23:11   364

އާޖެންޓީނާގެ ފުޓުބޯޅ ތަރި ލިއަނެލް މެސީ ފްރާސްގެ ޕީއެސްޖީ އަށް 2021 ވަނަ އަހަރު ބަދަލުވީ ފޭނުންގެ ބޮޑު ތަރުހީބަކާއި އެކުއެވެ.

ބްރެޒިލްގެ ނޭމާއާއި އެކު މޮޅު ކުޅުމެއް ދައްކާނެކަމަށް ގިނަބަޔަކު ހީކުރި ނަމަވެސް ސީޒަނުގައި ޖުމްލަ 2 ގޯލް ނުޖެހި މެސީ އަށް ނުރުހުން އަމާޒުވާން ވަނީ ފަށާފައެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ޕީއެސްޖީ ބޯޑޯ އަތުން 3-0 އިން މޮޅުވި ނަމަވެސް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވެއެވެ.

ސަޕޯޓަރުން ނުރުހުން ފާޅުކޮށް މެސީ ނަން ގޮވާލި ހިސާބުން ބޫ ގޮވަން ފެށިއެވެ. އެވަގުތު ކެމެރާތައް ހުއްޓުނީ މެސީގެ އަންހެނުން ކުޅި ބަލަން އިން އިރު ދެރަވެ ރޮވިފައި އިން މަންޒަރެވެ. ނޭމާވެސް މި މެޗުގެ ދެވަނަ ހާފުގައި ގޯލެއް ޖެހި ނަމަވެސް އޭނާ އަށް ވެސް ބޫއް ގޮވާފައި ވެއެވެ.

މިސީޒަނުގައި 63 ޕޮއިންޓާއި އެކު ޕީއެސްޖީ ކުރީގައި އޮތަސް ސަޕޯޓަރުން ތިބީ ދޫދޭ ގޮތަކަށް ނޫނެވެ. އެމީހުން ބޭނުންވަނީ ބޮޑު އަގުގައި ދުރުން ގެނައި މެސީ އާއި ނޭމާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުމެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.