ވޯޓުލާ މަރުކަޒެއްގެ ބޭރުގައި އިލެކްޝަންސްގެ މުވައްޒަފުންތަކެއް ޙަރަކާތްތެރިވަނީ

ހަބަރު

ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 9 ގައި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 15 ޖެނުއަރީ 2023 , އާދީއްތަ 11:01   262

ރިޔާސީ އިންތިޚާބުގައި ވޯޓުލާނެ ތާރީޚެއް، އިލެކްޝަންސް ކަމިޝަނުން ކަނޑައަޅައިފިއެވެ.

އެކޮމިޝަނުން ބުނެފައިވަނީ، އިންތިޚާބު އޮންނާނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުކަމަށެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބާއްވާނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.

މިއިންތިޚާބުގައި ސްލޯގަން އެއްގެގޮތުގައި ބޭނުންކުރުމަށް ނިންމާފައިވަނީ، "މަގޭ ވިސްނުން، މަގޭ ވޯޓު" އެވެ. އަދި ހޭޝްޓެގް އަކީ #visnun23 އެވެ.

މިއިންތިޚާބުގައި 280،000 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. ލިސްޓު ޢާއްމުކުރުން އޮންނާނީ މެއިމަހުގެ 2 ވަނަދުވަހުއެވެ. އަދި ޝަކުވާ ހުށަހެޅުމަށް 30 ދުވަސް ދެވޭނެއެވެ.

އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލާނީ ޖުލައިމަހުގެ 23 އިން އޯގަސްޓުމަހުގެ 3 ވަނަ ދުވަހާއި ހަމައަށެވެ.

ޓެގްސް: އިންތިޚާބު ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.