ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން, މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންފި އެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ދެދުވަހުގެ މުއްދަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވާނެއެވެ. އަދި އެ މަޝްވަރާތަކަށްފަހު ނިންމޭ ނިންމުންތައް ހާމަކުރައްވައި ޖޮއިންޓް ސްޓޭޓްމަންޓެއް ނެރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން، ވިޔަފާރީގެ މުއާމަލާތްތައް ހަރުދަނާކޮށް އެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ބިޒްނަސް ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އިކޮނޮމިކް މިނިސްޓްރީން ބާއްވާ މި ފޯރަމުގައި ދެ ގައުމުގެ ޗެމްބާ އޮފް ކޮމާސް އިން ބައިވެރިވާނެ އެވެ.
މިއީ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅާއި ގުޅިގެން ރަސްމީސިފައެއްގައި މަރުޙަބާ ދެންނެވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ނަމަވެސް، ރައީސް ސޯލިހް މިވަތުގު ވަޑައިގެންވީ އައްޑޫސިޓީގައި ކެމްޕޭން ދަތުރުފުޅެއްގައެވެ.
ކެމްބޯޑިއާ އަކީ 16 މިލިއަން މީހުންގެ އާބާދީއެއް އޮންނަ، އިތުމަތީ އޭޝިއާގެ ޤައުމެކެވެ.