ކެމްބޯޑިއާގެ ރައީސްއަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ދަންނަވަނީ

ހަބަރު

ކެމްބޯޑިއާގެ ބޮޑުވަޒީރަށް ޖުމްހޫރީމައިދާނުގައި ހޫނު މަރުޙަބާއެއް ދަންނަވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 16 ޖެނުއަރީ 2023 , ހޯމަ 10:36   221

ރަސްމީދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ދަޢްވަތަކަށް ރާއްޖެވަޑައިގެންނެވި، ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންއަށް ޖުމްހޫރީ މައިދާނުން ހޫނު މަރުޚަބާއެއް ދަންނަވައިފިއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވީ އިއްޔެއެވެ. އެމަނިކުފާނަށް އިއްޔެ ވެލާނާ އެއާރޕޯޓުން މަރުޙަބާ ދަންނަވާފައިވަނީ ފޮރިން މިނިސްޓަރު ޢަބްދުއްﷲ ޝާހިދުއެވެ.

‏މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި މިބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވުމަށް، ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން މާލެއަށް ފައިބައިވަޑައިގަތުމާއެކު، ޢިއްޒުއްދީން ފާލަމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ޤައުމީ ދިފާޢީ ބާރުން ވަނީ އެމަނިކުފާނުގެ ޝަރަފުގައި، 7 ބަޑީގެ ސަލާމެއް ވެސް އަރުވާފައެވެ. އެރުވާފައެވެ. އަދި ކެމްބޯޑިއާއާއި، ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ކުޅެފައިވެއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު، ވެރިކަން ކުރައްވާތާ 38 އަހަރުވެއްޖެއެވެ.

މިދަތުރުފުޅުގެ މަޤްޞަދަކީ ކެމްބޯޑިއާ އާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ވަރުގަދަކޮށް ވިޔާފާރީގެ އެއްބަސްވުންތަކެއް އެކުލަވާނުމެވެ.

ޓެގްސް: ކެމްބޯޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.