ކަޅުބާޒާރުގައި ޑޮލަރުގެ އަގު 17.35 އަށް ވަނީ އަރާފައި، ޖެނުއަރީ 1 އިން ފެށިގެން ޑޮލަރުގެ އުސޫލްތައް ވަނީ ހަރުކަށިކޮށްފައި

ހަބަރު

ބޭރުގައި ކިޔާވާ ދަރިވަރުންނަށާއި ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ އުސޫލަށް ބަދަލުތަކެއް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 17 ޖެނުއަރީ 2023 , އަންގާރަ 09:35   240

މިބަދަލު ގެންނަން ނިންމާފައިމިވަނީ، ޖެނުއަރީ މަހުގެ 1 އިން ފެށިގެން އެމްއެމްއޭ އިން ބޭންކުތަކަށް ޑޮލަރުދޫކުރުން މަދުކޮށްފައިވާތީ ބޭންކުތަކުން ވެސް އުސޫލްތައް ހަރުކަށިކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ރާއްޖޭގެ ބާޒާރުގައި ޑޮލަރުލިބުން ދަތިވެފައިވާއިރު، ވިޔަފާރިތަކަށާއި، ރާއްޖެއިން ބޭރުގައި ތަޢްލީމް ޙާޞިލްކުރަމުންދާ ދަރިވަރުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސަވަމުންދާކަމަށް ސަރުކާރުން ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 40 އަހަރު ފުރުނު ޙަފްލާގައި، ކްރޮސްރޯޑްސް މޯލްޑިވްސްގައި، ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިޙް ވަނީ، މިހާރަށްވުރެ ލުއިގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށާއި، ބޭރުގައި ކިޔަވަންތިބޭ ދަރިވަރުންނަށް ފައިސާ ފޮނުވުމުގައި މިހާރު ހުރި ދަތިތައް ހައްލުކުރުމަށް، އެބޭންކުގެ ކިބައިން އެދިފައެވެ.

މިއާއިއެކު މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ މިފަދަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ބޭންކުތަކާއި ގުޅިގެން މަސައްކަތްކުރައްވަމުންދާކަމަށް ވިދާޅުވެފައެވެ. އަދި ޢާންމުންނަށް ފޯރުކޮށްދިނުމަކަށް ބޭންކުތަކަށް ސަޕްލައިކުރާ ޑޮލަރުގެ އުސޫލްތަކަށް ބަދަލުގެންނަވަން ވެސް އެމްއެމްއޭ އިން ވަނީ ނިންމާފައެވެ.

ސަރުކާރުން ވިދާޅުވެފައިވަނީ، ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ޑޮލަރު ދޫކުރާނީ ހަމައެކަނި ވަކި ދާއިރާތަކަކުން ތަޢްލީމް ޙާޞިލްކުރާ ދަރިވަރުންނަށް ކަމަށެވެ.

ޢާއްމު ވިޔަފާރިތަކަށް ދެވިގެންދާނެ ލުއިތަކުގެ މަޢްލޫމާތު ސާފުވެފައިނުވެއެވެ.

ޓެގްސް: ޔޫއެސްޑޮލަރު އިގްތިޞޯދު އެމްއެމްއޭ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.