ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން، އަލްވަދާޢު ވިދާޅުވަނީ

ހަބަރު

ކެމްބޯޑިއާގެ ބޮޑުވަޒީރު، ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 17 ޖެނުއަރީ 2023 , އަންގާރަ 09:52   303

ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ދަޢުވަތަކަށް، ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން، ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.

ބޮޑުވަޒީރަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުއްﷲ ޝާހިދު ވަނީ އަލްވަދާޢު ވިދާާޅުވެފައެވެ.

އެމަނިކުފާނުގެ ޝަރަފުގައި ޖުމްހުރީ މައިދާނުގައި ރައީސް ސޯލިހް ވަނީ ރަސްމީ ސިފައެއްގައި މަރުޙަބާ ދަންވާފައެވެ. އަދި މަޝްވަރާ ކުރިއަށް ގެންދެވުނީ ރައީސް އޮފީހުގައެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގެ ތެރެއިން، ދެޤައުމުގެ ދެމެދުގައި ޖުމްލަ 6 އެއްބަސްވުމެއްގައި ސޮއިކުރެވިފައިވެއެވެ.

ޓެގްސް: ކެމްބޯޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.