މާލޭގެ މަގެއްގައި ޑަސްބިން ބެހެއްޓިފައި

ހަބަރު

މާލޭގެ މަގުތަކަށް ކުނިއަޅައިފިނަމަ ޖޫރިމަނާކުރަން ސިޓީ ކައުންސިލުން ނިންމައިފި

އަލީ އަޒްޔަން - ކ. މާލެ | 17 ޖެނުއަރީ 2023 , އަންގާރަ 18:28   196

އަންނަ ހުކުރު ދުވަހުން ފެށިގެން މާލޭގެ މަގުތަކަށް ކުނިއަޅައިފިނަމަ، ޖޫރިމަނާކޮށް ފިޔަވަޅު އަޅަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ވެމްކޯ އާއިއެކު ސިޓީކައުންސިލުން މީގެކުރިން ހަދާފައިވާ އެއްބަސްވުން މުއްދަތު ހަމަވުމާއިއެކު، މާލޭގެ އެކި ސަރަައްދުތަކުން ކުނި ނަގާ ސާފުކުރުމުގެ މަސައްކަތާއި މާލެ ސިޓީ ކައުންސިލުން ވަނީ ޙަވާލުވެފައެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ، އާންމު ތަންތަނަށް ކުނި އަޅާނަމަ ފުރަތަމަ ފަހަރު ނަސޭހަތް ދޭނެކަމަށެވެ. އަދި ދެވަނަ ފަހަރުނަމަ 200ރ އިން ޖޫރިމަނާ ކުރާނެކަމަށާއި، ތިންވަނަ ފަހަރާއި، އޭގެފަހުން ތަކުރާރުވާ ކޮންމެ ފަހަރަކު 500ރ ޖޫރިމަނާ ކުރާނެކަމަށް ބަޔާންކޮށް، ސިޓީ ކައުންސިލުން މިހާރުވަނީ އުސޫލް ގެޒެޓް ވެސް ކޮށްފައެވެ.

ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، ސިޓީ ކައުންސިލްގެ ޚިދުމަތްތައް އެފަރާތަކަށް ދިނުން މެދުކަނޑާލުމަށް ވެސް އެކައުންސިލުން ވަނީ ނިންމާފައެވެ.

މީގެ ކުރިން ސިޓީކައުންސިލުން ވަނީ ބޯޑުތަކެއް ވެސް މާލޭގެ އެކި ސަރަޙައްދުތަކުގައި ހަރުކޮށްފައެވެ. ނަމަވެސް، މިހާތަނަށް އެދެވޭ ބަދަލެއް ފެނިފައިނުވެއެެވެ.

އީޕީއޭ އިން ވެސް ވަނީ މީގެކުރިން، ލަސްނުކޮށް މާލެތެރެ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށް ބަޔާނެއް ނެރެފައެވެ.

މުނިސިޕަލް ޚިދުމަތެއްގެ ގޮތުގައި ރަށުތެރެ ބަލަހައްޓައި ސާފުކުރުމުގެ ޤާނޫނީ ޒިންމާ އޮންނަނީ ސިޓީ ކައުންސިލްގެ ކޮނޑުގައެވެ.

ޓެގްސް: މާލެ ސިޓީކައުންސިލް ކުނި ބެލެހެއްޓުން ވެމްކޯ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.