އިންޑިއާގެ މިނިސްޓަރ އޮފް އެކްޓާނަލް އެފެއާޒް އެސް. ޖަޔަޝަންކަރު ރައީސް ސޯލިޙްއާއިއެކު ހުއްޓިވަޑައިގެން

ހަބަރު

ހަނިމާދޫ އެއާޕޯޓުގެ ބިންގާ އަޅުއްވާދެއްވުމަށް، އިންޑިއާގެ ފޮރިންސެކެޓްރީ މިއަދު ރާއްޖެ ވަޑައިގަންނަވަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 18 ޖެނުއަރީ 2023 , ބުދަ 08:51   256

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުއްﷲ ޝާހިދުގެ ދަޢުވަތަކަށް، އިންޑިއާގެ އެކްޓާރނަލް (ފޮރިން) އެފެއާޒް މިނިސްޓަރ އެސް ޖަޔާޝަންކަރު މިއަދު ރާއްޖެ ވަޑައިގަންނަވާނެކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

ފޮރިން މިނިސްޓްރީއިން ބުނެފައިވާގޮތުގައި މިއީ ޖަޔާޝަންކަރު ރާއްޖެ ވަޑައިގަންނަވާ ހަތަރުވަނަ ފަހަރެވެ. މިފަހަރުގެ ދަތުރުގައި ވަޑައިގަންނަވާނީ ރާއްޖޭގެ އެންމެ އުތުރަށެވެ.

މިދަތުރުގައި ދޭދޭގޮތުން ދެގައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއިގުޅޭގޮތުން މަޝްވަރާކޮށް އެއްބަސްވުންތަކެއްގައި ސޮއިކުރާނެއެވެ. އެންމެ މުހިއްމުކަމެއްގެ ގޮތުގައި ހިމެނިފައިވަނީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބިންގާ އަޅުއްވާދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމެވެ. މިއީ އިންޑިއާއިން ލޯނު ނަގައިގެން ކުރިއަށް ގެންދާ މަޝްރޫޢު އެކެވެ.

މީގެއިތުރުން ވެސް ށ.ފޯކައިދޫ ކޮމިއުނިޓީ ސެންޓަރު ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެެވެ.

ޖަޔާޝަންކަރު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާ ވަޑައިގަންނަވާނީ މާދަމާގެ ވަޤުތެއްގައެވެ.

އެންމެފަހުން ޖަޔާޝަންކަރު ރާއްޖެ ވަޑައިގެންނެވީ އައްޑޫ ސިޓީއަށެވެ. އެއީ އިންޑިއާސަރުކާރުން އަޅާދީފައިވާ ޕޮލިސް ޓްރޭނިން ސްކޫލް ހުޅުވާދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނިމިދިޔަ އަހަރުގެ މާޗްމަހުގައެވެ.

ޓެގްސް: އިންޑިއާ ފޮރިން މިނިސްޓްރީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.