އިސްތިއުފާދެއްވާފައިވާ، ވިއެޓްނާމްގެ ރައީސް، ނޫއެން ޝުއާން ފޮކް

ދުނިޔެ

ވިއެޓްނާމްގެ ރައީސް އިސްތިޢުފާދެއްވައިފި

އަލީ އަޒްޔަން - އޭޝިއާ | 18 ޖެނުއަރީ 2023 , ބުދަ 09:09   179

2021 ވަނަ އަހަރު ވިއެޓްނާމްގެ ރައީސްކަމާއި ޙަވާލުވެވަޑައިގެންނެވި، ނޫއެން ޝުއާން ފޮކް މަޤާމުން އިސްތިޢްފާދެއްވައިފިއެވެ.

ފޮކް އިސްތިޢްފާދެއްވާފައި މިވަނީ، ކޮމިއުނިސްޓް ޕާޓިއާއި އެޕާޓީގެ އެތައް ސަތޭކަ މެމްބަރުންނާއި ގުޅުންހުރި ކަރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

މީގެކުރިން ވެސް ވަނީ ފޮކް އިސްތިޢްފާ ދެއްވާނެކަމުގެ ޚަބަރުތަކެއް ވެސް ފެތުރިފައެވެ.

ފޮކް އިސްތިޢްފާދެއްވުމުން ޕާޓީގެ ނެޝަނަލް އެސެމްބްލީން ގޮތެއް ނިންމާނެއެވެ. އެޕާޓީން ވަނީ ފުކްއަށް ޝުކުރުއަދާކޮށް ބަޔާނެއްވެސް ނެރެފައެވެ. ނަމަވެސް، ޒިންމާވާންޖެހޭ ކަންކަމުގައި ޒިންމާވާންޖެހޭނެކަމަށް ވެސް ބުނެފައިވެއެވެ.

ޓެގްސް: ވިއެޓްނާމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.