ފައިޒާގެ ކުންފުނީގެ އުފެއްދުމެއް ދައްކާލަނީ

ހަބަރު

ދުނިޔޭގެ 30 އަށް ވުރެ ގިނަ ކުންފުނިން ފައިޒާގެ ކޯވިޑް ގުޅަ ބޭސް އުފައްދަން ފަށަނީ

އަލީ އަޒްޔަން - އެމެރިކާ | 18 މާރޗް 2022 , ހުކުރު 11:32   198

އެމެރިކާގެ ބޭސް އުފައްދާ ކުންފުނި ފައިޒާ އިން އުފައްދާފައިވާ ކޯވިޑް ވެކްސިންގެ ގުޅަ ބޭސް އުފެއްދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 30 އަށް ވުރެ ގިނަ ކުންފުނިން މަސައްކަތް ފަށައިފިއެވެ.

އދ. ގެ ހުއްދަ އާއި އެކު، ބޭސްވެރިކަމުގެ ބާވަތްތައް ރަޖިސްޓްރީކުރާ ފަރާތް ކަމުގައިވާ މެޑިސިންސް ޕޭޓެންޓް ޕޫލް (MPP) އިން ނެރެފައިވާ ސްޓޭޓްމެންޓް ބުނާގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 35 ކުންފުންޏަކާއި ގުޅިގެން ކުރާ މަސައްކަތްތުން ދުނިޔޭގެ ދެބައިކުޅަ އެއްބަޔަށް ކޯވިޑްގެ ވަބާއިން ރައްކާތެރިކަން ލިބިގެންދާނެއެވެ.

މިކުންފުނިތަކުގެ ތެރޭގައި އޭޝިއާ، މެދު އިރުމަތީގެ ގައުމުތަކާއި، އިރުމަތީ ޔޫރަޕާއި ކެރިބިއަންގެ ގައުމުތައް ހިމެނެއެވެ.

އެމްޕީޕީ ގެ އެކްޒެކެޓިވް ޑިރެކްޓަރ ޗާލްސް ގޯރ ހާމަ ކުރައްވާފައިވާގޮތުގައި "މި މަސައްކަތުގެ ސަބަބުން ގައުމުތަކުން ބޮޑު ތަފާތުތަކެއް ފެނިގެންދާނެ. ވެކްސިންޖަހަން ޖެހެންޖެހޭ ކިއު ނައްތާލެވޭނެ. މިފަދަ ބޭހެއް ލިބުމުން ގިނަބައެއްގެ ފުރާނަ ސަލާމަތް ވާނެ". އޭނާ އިތުރަށް ވިދާޅުވިގޮތުގައި މިބޭހުގެ ހުއްދަތައް މި އަހަރުގެ ފަހުކޮޅަށް ނިމި އަންނަ 2023 ވަނަ އަހަރު މިބޭސް ބާޒާރަށް ނެރެވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ފަޒާގެ ވެކްސިން އިން ކޮވިޑްގައި ބަލިހާލުދެރަވެ ހޮސްޕިޓަލުގައި އެނދުމަތި ކުރަންޖެހުމާއި މަރުވުމުން 90 ޕަސެންޓް ސަލާމަތް ކޮށްދެއެވެ.

ޕެންޑޭމިކްގައި އުފެއްދި ބޭހެއްކަމުން މިބޭހުގެ ޖެނެރިކް ބޭސްތައް އުފައްދައިގެން ފައިޒާ ކުންފުންޏަށް ރޯޔަލްޓީ ނުވަތަ ޢާއްދަނީ އެއް ނުހޯދެނެއެވެ.

މިހާތަނަށް ކޮވިޑް ވެކްސިން އުފައްދާ އެއްވެސް ކުންފުންޏަކުން އެކުންފުނީގެ ވެކްސިން އުފެއްފުމަށް އެހެން ކުންފުންޏަކަށް ދޭން ބޭނުން ނުވެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.