ހެލްތްވޯކަރަކު ވެކްސިނެއް ޖަހަން ތައްޔާރުވަނީ

ހަބަރު

ޖަރުމަނުގައި ފިޔަވަޅުތައް ނަގަނީ، ވެކްސިން ޖެހުން އަދިވެސް މަޖުބޫރެއް ނުކުރޭ

އަލީ އަޒްޔަން - ޔޫރަޕް | 19 މާރޗް 2022 , ހޮނިހިރު 13:14   178

ޔޫރަޕްގެ އެންމެ ބޮޑު އިގްތިސޯދު ކަމުގައިވާ ޖަރުމަންގައި ކޮވިޑްގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދޭން ނިންމައިފިއެވެ.

ނަމަވެސް 83 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖަރުމަނުގައި ކޮވިޑް ދަނީ ހަލުވިކަމާއި އެކު ފެތުރެމުންނެވެ. އެގައުމުގެ ބަލިތައް ކޮންޓްރޯލްކުރާ އެޖެންސީ ބުނާގޮތުން ރިކޯޑް އަދަދަކަށް ފާއިތުވެދިޔަ 24 ގަޑި އިރުތެރޭ އެކަނިވެސް ކޯވިޑް ކޭސްތައް ވަނީ އިތުރުވެފައެވެ. މިގޮތުން 294،000 މީހުންނަށްވުރެ ގިނަ މީހަކު އަލަށް ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 278 މީހަކު ވަނީ މަރުވެފައެވެ. މިއާއެކު ޖަރުމަނުގައި މިހާތަނަށް ކޯވިޑްގައި މަރުވި މީހުންގެ ޖުމްލަ ވަނީ 126،420 އަށް އަރާފައެވެ.

ޖަރުމަނުގައި ކޮވިޑް ވެކްސިން ޖެހުން މަޖުބޫރު ނުރުރެއެވެ. ގާނޫނު ހަދާ މަޖިލީހުގައި ޚިޔާލުތަފާތުވުން ބޮޑުވެ ވެކްސިން ޖެހުން މަޖުބޫރު ކުރުމާއި ގުޅޭގޮތުން ގޮތެއް ނުނިމި ވަނީ ދިގުލައިގެން ގޮސްފައެވެ. ގަނޫނު ހަދާ މަޖިލީހުގެ ވިސްނުން ބޮޑަށް ހުރީ ހަމަ އެކަނި 50 އަހަރުން މަތީގެ މީހުންނަށް މަޖުބޫރު ކުރުވުމެވެ.

ޖަރުމަނުގައި ވެކްސިނާއި މެދު ގޮތެއް ނިންމަން އަދި ދުވަސްތަކެއް ނަގާނެކަމަށް ބެލެވެއެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.