ރަޝިއާގެވިޔަފާރި މަރުކަޒެއް

ވިޔަފާރި

ދުނިޔޭގެ 400 އަށްވުރެ ގިނަ ކުންފުނިން ރަޝިއާ އާއިއެކު ވިޔަފާރި ކުރުން ހުއްޓާލައިފި

އަލީ އަޒްޔަން - ޔޫރަޕް | 18 މާރޗް 2022 , ހުކުރު 20:45   269

ބައިނަލްއަޤްވާމީ ގާނޫނުތަކާއި މުޢާހަދާތަކާއިޚިލާފަށް ރަޝިއާއިން ޔޫކުރޭނަށް އަރައި ކުރާ ހަނގުރާމައަށް އިހްތިޖާޖް ކުރުމުގެ ގޮތުން ދުނިޔޭގެ 400 އަށް ވުރެ ގިނަ ކުންފުނިން ރަޝިއާ އާއިއެކު ވިޔަފާރި ކުރުން ހުއްޓާލައިފިއެވެ.

ޔޭލް ސްކޫލް އޮފް މެނޭޖްމެންޓުން ޕަބްލިޝްކޮށް އާއްމުކޮށްފައި ވާ ލިސްޓްގައި ހިމެނޭ މަޝްހޫރު ނަންތައް ގިނައެވެ. އޭގެ ތެރޭގައި ސްޓާރބަކްސް، ނެޓްފްލިކްސް، އަޑިޑާސް، 3އެމް، އެމެރިކަން އެކްސްޕްރެސް، މާސްޓާރކާޑް، ޕެޔޮނިއާރ، ސިސްކޯ، އިކިއާ، ލީވައިސް، ނައިކީ، ޕްރާޑާ ހިމެނެއެވެ.

މީގެތެރެއިން ބައެއް ކުންފުނިތަކުން އެކީ އެއްކޮށް ރަޝިއާގައި އޮޕަރޭޓްކުރުން ހުއްޓާލާފައިވާއިރު، ބާގާރ ކިންގ، ސަބްވޭ، އަދި މާކްސް އެންޑް ސްޕެންސާ ފަދަ ކުންފުނިތަކަށް އެކީ އެކަންއެގޮތަށް ކުރަން ދައްޗެވެ. ފްރާންޗައިޒް އެގްރީމެންޓްތައް ހެދިފައިވާގޮތުން އެފަދަ ހަރަކާތަކަށް ޖާގަ ހަންޏެވެ.

ބައިނަލް އަގުވާމީ ފިއްތުންތައް ހުރިނަމަވެސް ބޭރުގެ ބައެއް ކުންފުނިތަކުން ރަޝިއާ ދޫކޮށްލަން ދެކޮޅެވެ. އެމީހުން ބުނާގޮތުން މައްސަލަ އޮތީ ރަޝިއާ ސަރުކާރާއި އެވެ. ރަޝިއާގެ ރައްޔިތުންގެ މައްސަލެއް ނެތެވެ.

ކޮންމެ އަކަސް ބައިނަލް އަގްވާމީ ޕްރެޝަރާއި ހެދި ރަޝިއާގެ ފައިސާގެ އަގު ވެއްޓި އިގްތިސޯދު ވަނީ ބޮޑު އަނދަވަޅެއްގައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.