ހެއްކާއިބެހޭ އާޤާނޫނަށް ޢަމަލުކުރަން ފަށާފައިވާއިރު ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލެއް ލިބިފައިނުވޭ

ހަބަރު

ހެއްކާއި ބެހޭ އާޤާނޫނު ،ޑިޖިޓަލް އަދި ފޮރެންސިކް ހެކި ބަލައިގަންނަގޮތަށް ބޮޑުބަދަލުތަކެއް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 19 ޖެނުއަރީ 2023 , ބުރާސްފަތި 08:36   259

ހެއްކާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރުގެ ޖުލައި މަހުގެ 18ވަނަ ދުވަހު ތަސްދީޤްކުރެއްވާފައިވާއިރު، އޭގެފަހުން 6 މަސް އެޤާނޫނަށް މިހާރު ވަނީ ޢަމަލުކުރަންވެސް ފަށާފައެވެ.

ވުމާއިއެކު ކުރިއަށް އޮތްތަނުގައި މަދަނީ އަދި ޖިނާޢީ މައްސަލަތަކުގައި ވެސް މިޤާނޫނަށް ނިސްބަތްކޮށް ހެކި ވަޒަންކުރާނެއެވެ.

މިޤާނޫނު އައުމުގެކުރިން ޢަމަލުކުރަމުން އައީ 1976 އަހަރުން ފެށިގެން ޢަމަލުކުރަމުން އައި ދުވަސްވީ ޤާނޫނަކަށެވެ. މިޤާނޫނުގެ ތެރެއިން ޒަމާނީ ގިނަ މައްސަލަތަކަށް ޙައްލު ލިބިގެންދާނެކަމަށް ޤާނޫނީ ތަޖުރިބާކާރުން ދެކެވަޑައިގަނެއެވެ. މީގެތެރޭގައި، ޑިޖިޓަލް ނުވަތަ ކޮމްޕިއުޓަރުން ޖެނެރޭޓް ކުރާ ޑޭޓާ އަދި އަދި އޯޑިއޯ އަދި ވީޑިއޯ ހެކި ހިމެނެއެވެ.

ނަމަވެސް، މިޤާނޫނު ވުޖޫދަށް އައުމާއިއެކު ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށް މުޒާހިރާވެސް ކޮށްފައެވެ. ނޫސްވެރިންގެ ކަންބޮޑުވުމަކީ، ޓެރަރިޒަމް އަދި ޤައުމީ ސަލާމަތަށް ނުރައްކާވާކަންކަމުގައި، މަސްދަރުހާމަކުރަން އޮންނަ މާއްދާއާއިއެކު، އެކަންކަން ބަޔާންކޮށްފައި ނެތުމުން، ނޫސްވެރިންނަށް ބިރުދައްކައިގެން މަޖުބޫރުން މަޢްލޫމާތު ހޯދުމުގެ ފުރުޞަތު ފަހިވެގެންދާތީއެވެ.

މިމާއްދާ އާއި ގުޅޭގޮތުން ރައީސް ސޯލިޙް ވަނީ ވާހަކުފުޅު ދައްކަވާފައެވެ. އަދި މިމާއްދާ އިޞްލާޙްކުރުމަށް މިހާރު ވަނީ މަޖިލީހަށް ވެސް ހުށައަޅާފައެވެ.

ޓެގްސް: ޤާނޫނުތަކާއި ޤަވާޢިދުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.