ހަނިމާދޫ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް އިންޑިއާގެ އެކްޓާނަލް މިނިސްޓަރ ޖަޔާޝަންކަރު ފައްޓަވާދެއްވަނީ

ހަބަރު

އިންޑިއާއިން 2.5 ބިލިއަން ޑޮލަރު ލޯނު ނަގާފައިވާއިރު، ހިލޭއެހީގެ ގޮތުގައި ލިބިފައިވަނީ 173 މިލިއަންޑޮލަރު

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 19 ޖެނުއަރީ 2023 , ބުރާސްފަތި 09:05   306

ދިވެހިރާއްޖެއަށް އެންމެބޮޑަށް އެހީތެރިވަމުންއަންނަ އިންޑިއާއިން، ޖުމްލަ 2.7 ބިލިއަންޑޮލަރު ދީފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

މީގެތެރެއިން 173 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. އަދި ގާތްގަނޑަކަށް 2.5 ބިލިއަން ޑޮލަރަކީ ލޯނުގެގޮތުގައި ސަރުކާރުން ނަގާފައިވާ ފައިސާއެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވާދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުއްﷲ ޝާހިދު ވަނީ މިކަމަށްޓަކައި އިންޑިއާއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާފައެވެ.

އިންޑިއާއިން ހަމަޖައްސަވާ ދެއްވާފައިވާ ގާތްގަނޑަކަށް 2.7 ބިލިއަން ޑޮލަރުގެ އެހީގެ ތެރެއިން، 173.4 މިލިއަން ޑޮލަރަކީ ހިލޭ އެހީ..

~ އަބްދުﷲ ޝާހިދު، ފޮރިން މިނިސްޓަރު

ލޯނުގެ މިޢަދަދަކީ ރާއްޖޭގެ އުފެއްދުންތެރިކަމާއި ނުބައްދަލު ޢަދަދުތަކެއްކަމަށް އިޤްތިޞާދީ މާހިރުން ދެކެވަޑައިގަނެއެވެ.

ނަމަވެސް، ސަރުކާރުން އަންނަނީ މިފައިސާގެ ތެރެއިން ބޮޑުބައެއް، ރާއްޖޭގެ އުތުރާއި ދެކުނުގެ ތަރައްޤީގެ މަޝްރޫޢްތަކަށް ޚަރަދުކުރަމުންނެވެ. މީގެ ތެރޭގައި ގަން އިންޓަނޭޝަނަލް އެއަރޕޯޓުގައި އާޓާމިނަލެއް އެޅުމާއި، ހަނިމާދޫގައި މުޅިންއަލަށް އިންޓަނޭޝަނަލް އެއަރޕޯޓެއް އެޅުން ހިމެނެއެވެ. އަދި މަގުހެދުމުގެ ޕްރޮޖެކްޓްތައް ހިމެނެއެވެ.

ސަރުކާރުގެ ދަރަނި ބޮޑުވެ ގިނަފަރާތްތަކަކުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަނަމަވެސް، ސަރުކާރުން ބުނަމުންދަނީ ރައްޔިތުން ކަންބޮޑުވާންޖެހޭ ހިސާބަށް ދަރަނީގެ ޙާލަތު ނުދާކަމަށެވެ. ސަރުކާރުން ވަނީ، ޚަރުތައް ފޫބެއްދުމުގެ ގޮތުން، ޖީއެސްޓީ އާއި ޓީޖީއެސްޓީ ވެސް ބޮޑުކޮށްފައެވެ. އަދި ފެށިފައިވާ ގިނަ ޕްރޮޖެކްޓްތައް ކުރިއަށް ކުރިއަށް ގެންދިއުމުގައި ވެސް ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ.

ޓެގްސް: ބޭރުގެ އެހީ އިންޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.