ރައީސް މުޙައްމަދު ނަޝީދު

ހަބަރު

ހޯމަދުވަހު ހަވީރު ރައީސް ނަޝީދު އައްޑޫއަށް ވަޑައިގަންނަވަނީ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 21 ޖެނުއަރީ 2023 , ހޮނިހިރު 14:17   424

ރައީސް މުޙައްމަދު ނަޝީދު، އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ކެމްޕޭން ކުރެއްވުމަށްޓަކައި ހޯމަ ދުވަހު އައްޑޫއަށް ވަޑައިގަންނަވާނެއެވެ.

ރައީސް ނަޝިދުގެ މިދަތުރުފުޅުގައި، އެންމެ ފުރަތަމަ އައްޑޫއަށް ވަޑައިގެން ހިތަދޫގައި، ހިރާ ސްކޫލް ކުރިމަތީގައި ބައްދަލުވުމެއް ބާވާނެއެވެ. މިބައްދަލުވުމުގައި މަރްޙަބާކިޔުމަށްޓަކައި އައްޑޫގެ އެކި އަވަށްތަކުން މީހުން ގެނައުމާއި ދަތުރުފަތުރުގެ އިންތިޒާމްތައް ވެސް ހަމަޖައްސާފައިވާކަމަށް، އައްޑޫގައި ރައީސް ނަޝީދުގެ ކެމްޕޭނުގައި އެންމެ އިސްކޮށް އުޅުއްވާ ހިތަދޫ މެދު ދާއިރާގެ މަޖިލީސް މެމްބަރު އަހުމަދު ރަޝީދު މަޢްލޫމާތު ދެއްވާފައިވެެއެވެ.

އަހުމަދު ރަޝީދު ވިދާޅުވީ ކުރިން މިބައްދަލުވުން ބޭއްވުމަށް މަސައްކަތްކުރަމުން އައީ ސިޓީ ސްކެއަރ ގައި ކަމަށެވެ. ނަމަވެސް، އައްޑޫ ސިޓީ ކައުންސިލުން އެތަނުގައި ބައްދަލުވުން ބޭއްވުމަށް ހުއްދަ ދެއްވާފައި ނުވާކަމަށެވެ.

އައްޑޫ ސިޓީ އަކީ ރައީސް ނަޝީދު، އަބަދުވެސް ވަރަށް ޚާއްޞަ ސަމާލުކަމެއް ބަހައްޓަވާ، އެމަނިކުފާނަށް ތާޢީދު ބޮޑު ސަރަޙައްދެކެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުުލުން އޮންނާނީ، ޖެނުއަރީ 28 ވާ ހޮނިހިރު ދުވަހުއެވެ. މިވޯޓުގައި އެމްޑީގައި މިހާރު ދަފްތަރުކުރެވިފައިވާ 57،000 މީހުންނަށް ވޯޓުލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ޓެގްސް: ރައީސް މުހައްމަދު ނަޝީދު އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.