ހިމްނާ ފޮޓޯ އަކަށް ހުއްޓިގެން

ކުޅިވަރު

ދިވެހިރާއްޖޭގެ "ބެސްޓް އެތްލީޓް" އެވޯޑް ހިމްނާ އަށް

އަލީ އަޒްޔަން - ކ. މާލެ | 21 މާރޗް 2022 , ހޯމަ 13:25   204

މަޝްހޫރު ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން އަށް "ބެސްޓް އެތްލީޓް އޮފް ދަ އިޔާ" ނުވަތަ ދިވެހިރާއްޖެ އެއްވަނަ އެތްލީޓްގެ އެވޯޑް ހޯދައިފިއެވެ.

ހިމްނާ އަށް މިއެވޯޑް ލިބުނީ ރޭ ކުލަގަދަކޮށް ބޭއްވުނު "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ހަފްލާގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ބޭރުގެ ޝަރަފުވެރިން ބައިވެރިވި މިރަސްމިއްޔާތުގައި، ހިމްނާ އަށް އިނާމް ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ނައިބު ރައީސް އަލްފާޞިލް ފައިސަލް ނަސީމެވެ.

އެކުވެނި ދަނޑުގައި އޮތް ރޭގެ ރަސްމިއްޔާތުގައި 18 ކުޅިވަރަކުން 108 އެވޯޑް ވަނީ ދީފަ އެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.