ހާއްސަ އަސްކަރީ ތަމްރީނުތަކެއް އައްޑޫ ސިޓީ ގަމުގައި ކުރިޔަށް ދާނެކަމަށް، މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެމްއެންޑީއެފް އިން ބުނެފިއެވެ.
މިތަމްރީންތައް ކުރިއަށްދާނީ 24 ވާ އަންގާރަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 4 ވަނަދުވަހާއި ހަމައަށް އައްޑޫސިޓީ ގަމުގައެވެ. ކޮންމެ ދުވަހެއްގެ ވެސް އިރުއޮއްސި 6 އިން ފެށިގެން 12 ޖަހަންދެން މިތަމްރީންތައް އޮންނާނެކަމަށާއި، ތަމްރީންތަކުގައި ވައިގެތެރެއަށް ބަޑިޖަހާނެކަމަށް ވެސް ބުނެފައިވެއެވެ.
ތަމްރީނުތައް ހިނގަމުންދާ ދުވަސްވަރު އެ ސަރަހައްދުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުންވަނީ އިލްތިމާސްކޮށްފައެވެ.
ފަހަކަށް އައިސް އައްޑޫ ސިޓީގައި ނިރުބަވެރި ޙަރަކާތްތައް އިތުރުވަމުންދާކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ. އަދި ގިނަ ބަޔަކު މިދިޔަ އަހަރު ފަހުކޮޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވެއެވެ.
ނަމަވެސް، މިހާތަނަށް އެއްވެސް ނުރައްކާތެރި ޙާދިސާއެއް ހިނގިކަމުގެ އެއްވެސް ރަސްމީ ރިޕޯޓެއް ޢާއްމުވެފައި ނުވެއެވެ. އަދި އޭގެ ތެރެއިން ބައެއް ފަރާތްތައް މިހާރު ދޫކުރެވިފައިވާއިރު، އަދިވެސް ގިނަބަޔަކު ތިބީ ހައްޔަރުގައެވެ. ޢާއިލާތަކުން ބުނެފައިވަނީ، އެމީހުން ހައްޔަރުކޮށްފައިވާ ސިދާ ސަބަބު ކިޔާ ދީފައިނުވާކަމަށެވެ.
އައްޑޫސިޓީގައި އިންޑިއާ ސަރުކާރުގެ އެހީގައި ޤާއިމްކޮށްފައިވާ ޕޮލިސް ޓްރޭނިންގ ސްކޫލާއިއެކު ސަރުކާރުން ސަލާމަތީކަންކަމަށް ކުރާ ޚާރަދުތައް ވަނީ ވަރަށް ބޮޑުތަން އިތުރުކޮށްފައެވެ.
އަންގާރަ ދުވަހު މިތަމްރީނުތައް ފެށިގެންދާއިރު ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ރައީސް ސޯލިޙް އެމަނިކުފާނުގެ ރިޔާސީ ޕްރައިމަރީގެ ވަދާޢީ އައްޑޫ ޙަރަކާތަށް އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.