ވިލްމިންގޓަންގައި ހުންނަ ބައިޑަންގެ ގެކޮޅުގައި، ސީކްރެޓް ސާވިސްގެ ބޭފުޅުން ޙަރަކާތްތެރިވަނީ

ދުނިޔެ

އެމެރިކާގެ ރައީސް ބައިޑެންގެ ގެއިން އަނެއެްކާވެސް ސިއްރު ލިޔުންތަކެއް އަތުލައިފި

އަލީ އަޒްޔަން - އެމެރިކާ | 22 ޖެނުއަރީ 2023 , އާދީއްތަ 09:36   192

އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޖަސްޓިސް ގެ ތަޙްގީގީ ފުލުހުން، 13 ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު، އަނެއްކާވެސް ކްލެސިފައިޑް (ދައުލަތުގެ ސިއްރު) ލިޔުންތަކެއް އަނެއްކާވެސް އަތުލައިފިއެވެ.

ހުކުރު ދުވަހު ވެސް ވިލްމިންގޓަންގައި ހުންނަ ރައީސް ޖޯބައިޑެންގެ ގެކޮޅުން ޑޮކިއުމެންޓްތަކެއް ހޯދައި ހިފަހައްޓާފައިވެއެވެ.

މީގެ ތެރެއިން ބައެއް ޑޮކިއުމެންޓްތަކަކީ ރައީސް އޮބާމާގެ ސަރުކާރުގައި ބައިޑެން ނައިބަކަށް ހުންނެވިއިރުގެ ޑޮކިއުމެންޓްތަކެކެވެ.

ގެއަށް ވަންއިރު ބައިޑެން ވެސް އަދި އަނބިކަނބަލުން ވެސް ގޭގައި ނޫޅުއްްވައެވެ.

މި ލިޔުންތައް ބައިޑެން ގޭގައި ބަހައްޓާފައިވަނީ ކޮންސަބަބަކާއި ހުރެކަން ސާފުވެފައި ނުވެއެވެ. ނަމަވެސް ބައިޑެންގެ ޓީމުން ބުނެފައިވަނީ ލިޔުންތައް ހުރިކަން ފާހަގަކުރެވުމުން ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި ޙަވާލުކުރަމުންދާ ކަމަށެވެ.

އެމެރިކާގައި ސިއްރު މަޢްލޫމާތަކީ ވަރަށް ހަރުކަށި ކަމާއިއެކު ބަލައްހައްޓާ މަޢްލޫމާތުތަކެކެވެ. ރައީސަކަށް ހުންނަވާ ބޭފުޅަކަށް ދައުލަތުގެ އެއްވެސް ލިޔެކިޔުމެއް އަމިއްލަ ބޭނުމަކަށް ރައްކާ ނުކުރެވެއެވެ.

އެންމެ ފަހުން ވެރިކަންކުރެއްވި ޑޮނަލްޑް ޓްރަމްޕް އަށް ވެސް މިފަދަ މައްސަލަތަކަކާއި ކުރިމަތިވަޑައިގެންފައިވެއެވެ.

ބައިޑެން އާއި އަނބިކަނބަލުން ޖިލް އުޅުއްވަނީ ޗުއްޓީ ދަތުރުފުޅެއްގައި ޑެލްވެއަރ ބީޗްގައެވެ.

ޓެގްސް: އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.