އިނގިރޭސި ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ޔޫކްރޭންގެ ލީޑަރާއިއެކު

ދުނިޔެ

ބޮރިސް ޖޯންސަން ސަޕްރައިޒް ދަތުރުރެއްގައި ޔޫކްރޭނަށް ވަޑައިގެންފި

އަލީ އަޒްޔަން - ޔޫރަޕް | 23 ޖެނުއަރީ 2023 , ހޯމަ 08:32   246

ބޮރިސް ޖޯންސަން ސަޕްރައިޒް އަދި ކުއްލި ދަތުރުފުޅެއްގައި، ހަނގުރާމައިގައި ސުއްނާފަތި ކުރަމުންދާ ޔޫކްރޭނަށް ވަޑައިގެންފިއެވެ.

ޖޯންސަން ވިދާޅުވީ މިއީ އޭނާއަށް ލިބިގެންދާ ވަރަށް ބޮޑު "ފަޚުރެއް" ކަމަށެވެ. މިއީ ޔޫކްރޭނުގެ ރައީސް ވުލާޑްމިއަރ ޒެލެންސްކީގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ކުރީގެ އިނގިރޭސި ބޮޑުވަޒީރު ޖޯންސަން ޔޫކްރޭނަށް މިވަޑައިގަތީ، އަމިއްލަ ޒާތީ ޚަރަދުކުރުމާއި ގުޅޭގޮތުން އުސޫލްތަކާއި ޚިލާފް ކަންތައްތަކެއްގެ ވާހަކަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

"ޕުޓިން ފެއިލްވިހާ އަވަހަކަށް، ޔޫކްރޭނަށާއި މުޅި ދުނިޔެއަށް ވެސް މޮޅީ"، ޖޯންސަން ވިދާޅުވިކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެއެވެ.

މިދަތުރާއި ގުޅިގެން އިނގިރޭސި މިހާރުގެ ބޮޑުވަޒީރު ވަނީ އެކަމަށް ތާޢީދުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރާގޮތުގައި، ޖޯންސަންގެ މިދަތުރަކީ، ކުރިމަތިކުރުވާފައިވާ މައްސަލަތައް އޮއްބާލުމަށް ކުރާކަމެކެވެ.

ޓެގްސް: އިނގިރޭސިވިލާތް ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.