ރައީސް ނަޝީދު އައްޑޫ ސިޓީ ފޭދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ

ހަބަރު

އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތަށް ރައީސް ނަޝީދު ފާޑު ވިދާޅުވެއްޖެ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 25 ޖެނުއަރީ 2023 , ބުދަ 09:55   192

އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތަށް ކުރިއަށްދާގޮތާއި މެދު ނުރުހިވަޑައިގެން ރައީސް ނަޝީދު ފާޑު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އައްޑޫއަށް ވަޑައިގެން ފޭދޫގެ ރައްޔިތުންނާއި މުޚާތަބްކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މުޅި އައްޑޫ އެއީއެއްކޮށް ކޮންސްޓްރަކްޝަން ސައިޓަކަށް ހަދާފައިވާކަމަށެވެ.

މިސިޓީގެ ހުރިހާ ތަނެއް މިއޮތޯ ކޮންްސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި. އަޅުގަނޑަކަށް ނުވިސްނޭ މަގެއް ހަދަން ދެމަހަށްވުރެ ގިނަދުވަސް ނަގާ ސަބަބެއް. ހިތަދޫގެ ބޮޑުމަގު ހަދަން ނެގީ 40 ދުވަސް. އެވަރުވެސް ނުވާނެ. އެކަމަކު 5 އަހަރުގެ ދައުރެއް މިނިމެނީ މިމަގުތައް ނެހެދިގެން އުޅޭތާ.

~ ރައީސް މުޙައްމަދު ނަޝީދު

އިތުރަށް އެމަނިކުފާނު ވިދާޅުވެފައިވަނީ، މަގުތަކުގެ މަސައްކަތުގެ ފެންވަރު ދަށްކަމަށާއި، އައްޑޫގެ ތަރައްޤީއަށްޓަކައި ކުރަންވާ މުހިއްމުކަންކަން ތަރުތީބުކުރެވިފައި ނުވާކަމަށާއި، ޢާމްދަނީ ލިބޭނޭ ވަޞީލަތްތަކަށް ސަމާލުކަން ދެވިފައިނުވާކަމަށެވެ.

މިލިޔުމާއި ގުޅޭ :

ވީޑިއޯ

ޓެގްސް: އައްޑޫ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ އެތެރޭގެ އިންތިޚާބު އެމްޑީޕީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.