އައްޑޫސިޓީ ކައުންސިލަރު ސަޢީދު އެކްސްޕްރެސް ނޫހާއި ވާހަކަދައްކަވަނީ

ހަބަރު

ކައުންސިލަރ ސަޢީދު، ރައީސަށް ހުށަހެޅުއްވި ކަންކަމަށް އިޖާބަ ނުލިބޭތީ އަނެއްކާވެސް އެސުވާލުތައް ތަކުރާރުކުރައްވައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 26 ޖެނުއަރީ 2023 , ބުރާސްފަތި 09:28   405

އައްޑޫސިޓީ ކައުންސިލަރު އަހުމަދު ސަޢީދު އައްޑޫގެ ޙާލަތާއި ދޭތެރޭ ކަންބޮޑުވުން ފާާޅުކޮށް، ރައީސަށް ހުށަހަޅުއްވާފައިވާކަންކަމަށް އިޖާބަ ނުލިބޭތީ، އަނެއްކާވެސް އެކަންކަން ތަކުރާރުކުރައްވައިފިއެވެ.

އެކްސްޕްރެސް ނޫހާއި ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވީ ރައީސް ސޯލިޙް އާއި ބައްދަލުކުރެވޭ ކޮންމެ ފަހަރަކުން މިވާހަކަތައް ތަކުރާރުކުރައްވާ ކަމަށާއި، އެއްވެސްކަމަށް މިހާތަނަށް ފުރިހަމަ ޖަވާބެއް ވެސް ލިބިފައި ނުވާކަމަށެވެ. އަދި ބުރާސްފަތި ދުވަހު ރައީސް އައްޑޫއަށް ވަޑައިގަންނަވާއިރު، އަނެއްކާ ވެސް އެ ސުވާލުތައް ތަކުރާރުކުރައްވާނެ ކަމަށެވެ.

ޕެޓްރޯލް ލީޓަރެއް މާލެއިން 15.97ރ. ވިއްކާއިރު އައްޑޫ އިން 19.95ރ. އަށް ވިއްކުމަކީ ތަފާތުކުރުމެއް. ވަރަށް ބޮޑު ބޭއިންސާފެއް. ހަމަ އެގޮތަށް ހުރީ ކަރަންޓާއި، ކޮންސްޓްރަކްޝަނަށް ބޭނުންވާ އަސާސީ ތަކެތީގައި ވެސް. ތަކުރާރުކޮށް ސަރުކާރަށް ހުށަހެޅުމުން ވެސް ބައްލަވާނެކަމަށް ވިދާޅުވުން ފިޔަވައި އިތުރުކަމެއް ނުވޭ.

~ ކައުންސިލަރ އަހުމަދު ސަޢީދު

މިލިޔުމާއި ގުޅޭ :

ވީޑިއޯ އިންޓަވިއު

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.