ޕީޕީއެމްގެ ރަޖިސްޓްރާ އަހުމަދު ހަމްދާން ނާސިރު

ހަބަރު

އެމްއެމްޕީއާރުސީ މައްސަލައަކީ ރައީސް އިބްރާހިމުއަށް ލިބިފައި އޮތް ޖާދޫގެ ކުރައެއް: ހަމްދާން

އަލީ އަޒްޔަން - ކ. މާލެ | 27 ޖެނުއަރީ 2023 , ހުކުރު 19:24   312

މޯލްޑިވިްސް މާކެޓިން އެންޑް ޕަބްލިކު ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މައްސަލައަކީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުއަށް ލިބިފައި އޮތް ޖާދޫގެ ކުރައެއްގެ ގޮތުގައި ޕީޕީއެމްގެ ރަޖިސްޓްރާ އަހުމަދު ހަމްދާން ނާސިރު ސިފަކުރައްވައިފިއެވެ.

ހަމްދާން މި ފަދަ ގޮތަކަށް އެ މައްސަލަ ސިފަކުރައްވާފައިވަނީ ފެބްރުއަރީ މަހުގެ 2 އިން 4އަށް ދަރުބާރުގޭގައި ސަރުކާރާ ވާދަވެރި ކޯލިޝަންއިން ބާއްވަން ނިންމާފައިވާ ރައީސް ޔާމީން 2023 ހޯޕް ކޮންފަރެންސްގެ މައުލޫމާތު ޗެނަލް13ގެ ޕްރޮގްރާމެއްގައި ދެއްވަމުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް ސޯލިހުގެ ނާގާބިލުކަން މުޅި ދުނިޔެއަށްވެސް ހާމަވެ އެކަމާ ހުދު އެމްޑީޕީގެ މެމްބަރުންވެސް ކަންބޮޑުވެ ފިކުރު ބޮޑުވެފައިވާ ކަމަށެވެ.

" މިއަދު އެމްޑީޕީގެ ގިނަ މެމްބަރުން ގަބޫލުކުރޭ ގައުމު މިއޮތް ހާލަތުން ބަދަލެއް ގެނެސްދެވޭނީ ރައީސް ޔާމީންއަށް ކަން. ނަމަވެސް ރައީސް ސޯލިހު އެމްއެމްޕީއާރުސީގެ މައްސަލަ މިގެން ގުޅެނީ ބޭނުންވީމަ ބޭނުން މީހަކު ނިޒާމުން ގެއްލުވާލަން ލިބިފައި އޮތް ޖާދޫގެ ކުރާ ގަނޑެއްގެ ގޮތުގައި" ހަމްދާން ވިދާޅުވިއެވެ.

އެގޮތުން ރައީސް ޔާމީންއަށް ވެސް އިއްވާފައިވާ ހުކުމަކީ މުތުލަގަށްވެސް ހަރާން ހުކުމެއް ކަމަށް ހަމްދާން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގެ ވާހަކަ ހަމްދާން ފާހަގަކުރައްވާފައިވާއިރު. އެ މައްސަލަ ތަހުގީގުކޮށް ނިންމާ އެންޓި ކޮރަޕްޝަން ކޮމިޝަންއާ އެސެޓު ރިކަވަރީ ކޮމިޝަންއިން ނެރުނު ރިޕޯޓުގައި 300 އަށް ވުރެ ގިނަ މީހުންގެ ނަން އޮތެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މިހާރުގެ މަޖިލިސް މެމްބާރުންނާ ކުރިގެ މަޖިލިސް މެމްބަރުން މި ދައުރުގެ ވަޒީރުންނާ އަދިވެސް އެމްޑީޕީއާ ސަރުކާރުގެ އިސްފަޑީގައި ތިބި އެތައް ބަޔަކު ހިމެނެއެވެ.

ނަމަވެސް އެއިން އެއްވެސް މީހެއްގެ މައްސަލަ ބަލާފައިނުވާއިރު ދައުލަތުން މި ސަރުކާރުން މިހާތަނަށް އެމްއެމްޕީއާރުސީގެ މައްސަލަައިގައި ބަލާފައިވަނީ ރައިީސް ޔާމީންއާ އެމަނިކުފާނު އަތުން ޑޯލަރު ގަނެފައިވާ މީހުންގެ މައްސަލަތައް އެކަނިކަން ފާހަގަކޮށްލެވެއެވެ.

އެ މައްސަލައިގައި ހުދޫ ރައީސް ސޯލިހުގެ ނަންވެސް އައިސްފައިވީ ނަމަވެސް މި ސަރުކާރުން އެ މައްސަލަވެސް ބަލާފައިނުވެއެވެ. ބަދަލުގައި މިސަރުކާރުން ވަނީ އެމްއެމްޕީއާރުސީ މައްސަލަ ސާބިތުވެ ދިގު މުއްދަތަކަށް ޖަލަށް ހުކުމް ކޮށްފައިވާ ދެ މުޖުރިމުންނާ އެކު ޑީލު ހަދާ އެމީހުންގެ އަދަބު ލުއިވެސް ކޮށްދީފައެވެ. 

ނަމަވެސް ރައީސް ސޯލިހު މީގެ ކުރިން ވިދާޅުވެފައިވަނީ ކޮރަޕްޝަންއަށް އެމަނިކުފާނު ދެއްވާނީ ޒީރޯ ޓޮލަރެންސް ކަމަށެވެ.

ޓެގްސް: ޕީޕީއެމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.