ރައީސް ސޯލިޙް އައްޑޫ ސިޓީގައި

ހަބަރު

ރައީސް ނަޝީދުގެ އެގްޒިޓް ޕޯލާއި ޚިލާފަށް، ރައީސް ސޯލިހް އިންތިޚާބު ކާމިޔާބުކުރައްވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 28 ޖެނުއަރީ 2023 , ހޮނިހިރު 21:07   182

ރައީސް ނަޝީދުގެ ޓީމުން ނެރެފައިވާ އެގްޒިޓް ޕޯލްގެ ނަތީޖާއާއި ޚިލާފަށް ބޮޑު ތަފާތަކުން ރައީސް ސޯލިޙް އިންތިޚާބުގައި ކުރިހޯއްދަވައިފިއެވެ.

މިހާތަނަށް ގިނަ ފޮށި ވަނީ ގުނައި ނިމިފައެވެ. އަދި ރައީސް ސޯލިޙް ވަނީ 61 އިންސައްތަ އާއިއެކު ކުރި ހޯއްދަވާފައިކަމަށް ވަގުތީ ނަތީޖާތަކުން ދައްކައެވެ. ޖުމްލަ 22،000 ވޯޓް ރައީސް ސޯލިޙް އަށް ލިބިވަޑައިގެންނެވި އިރު، ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 14،000 ވޯޓެވެ.

އެމްޑީޕީގެ ޙަޔާތުގައި އެންމެ ވާދަވެރި މިއިންތިޚާބުގައި، ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އިންތިޚާބުގެ ކުރިންވެސް ލިސްޓުތަކުގެ ޝާކުވާ ގިނަވެ، އިންތިޚާބަށް ނުފޯޒު ފޯރުވާފައިވާކަމުގެ ޝަކުވާގެ އަޑުވަނީ އުފުލިފައެވެ. ހަމަ އެހެންމެ ރައީސް ނަޝީދުގެ ފަރާތުން މަންދޫމަކު އިންތިޚާބީ ކޮމިޓީގައި ނުހިމެނުމުގެ ޝަކުވާވެސް މީގެ ތެރޭގައި ހިމެނެއެވެ.

އަދި ބައެއް ދާއިރާތަކުގައި ވޯޓު ފޮށި ހަލާކުކޮށްލުމާއި، ލިސްޓްތައް އޮޅުވާލާފައިވުން ފަދަ ގިނަ ޝަކުވާ އުފުލާފައެވެ.

އަދި މިހާތަނަށް އިންތިޚާބާއި ގުޅޭގޮތުން، ރައީސް ނަޝީދު ރަސްމީ ސިފައެއްގައި އެއްޗެއް ވިދާޅުވެފައި ނުވެއެވެ. އަދި އެމަނިކުފާނުގެ ޓީމުން ނެރެފައިވާ އެކްޒިޓް ޕޯލުން އެމަނިކުފާނު އުޅުއްވަނީ 60 އިންސައްތަ އަށް ވުރެ މަތިން ކުރި ހޯއްދަވާފައެވެ.

ޓެގްސް: އެމްޑީޕީ އެތެރޭގެ އިންތިޚާބު އެމްޑީޕީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.